ދުބާއީގެ އުދުހޭ ޓެކްސީގެ ދަތުރުތައް ދެ އަހަރު ފަހުން ފަށަނީ

ވޯލްޑް ސަމިޓުން ދުބާއީގެ އެއަރ ޓެކްސީގެ ސްޓޭޝަންތައް އެޕްރޫވް ކޮށްފިއެވެ. ދުބާއީގެ އަމީރު ޝެއިޚު މުޙައްމަދު ބިން ރާޝިދު ވިދާޅުވީ ދުބާއީގައި 2026ން ފެށިގެން އެއާ ޓެކްސީ ބޭނުންކުރަން ފަށާނެ ކަމަށެވެ.

ދުބާއީގެ އެއާ ޓެކްސީ އަކީ، އޭގެ ސްޓޭޝަނުން އޮލަނބަށް އުހުދިފައި މައްޗަށް އަރައިގެން ދަތުރުފަށާ ބާވަތުގެ ބޯޓެކެވެ. އެއީ، އެއްގަމުގައި ޖައްސައި އެއްގަމުން ފުރާ ވައްތަރުގެ ބޯޓެކެވެ.

މިވައްތަރުގެ އެއާޓެކްސީ އެންމެ ފުރަތަމަ ބޭނުން ކުރާ ސިޓީއަކަށް ދުބާއީ ވެގެންދާނެއެވެ. އޮލަނބަށް ފުރާ އެއާ ޓެކްސީތައް ޖައްސައި ފުރާ ސްޓޭޝަންތަކަކީ ވާޓިޕޯޓްތަކެވެ.

މިއިން ކޮންމެ އެއާޓެކްސީއަކީ، ޕައިލެޓަކާއި ހަތަރު ފަސިންޖަރުންގެ ޖާގައިގެ އުޅަނދުތަކެވެ. އެއާޓެކްސީ ދަތުރުކުރާނީ ގަޑިއަކު 300 ކިލޯމީޓަރުގެ ބާރުމިނުގައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް