ކޮއްޗިން އެއާޕޯޓު އިއާދަ ކުރަނިވި ހަކަތައިން

ވައިގެ ދަތުރުފަތުރު ކުރުމަކީ ގިނަ ބަޔަކާއި ސިނާއަތްތައް އެއަށް ބަރޯސާވާ، އިގްތިސާދާއި ތިމާވެށްޓާ ދެމެދު ނުތަނަވަސް ގުޅުމެއް އުފެދިފައިވާ ދާއިރާއެކެވެ.

އޭވިއޭޝަން ދާއިރާއަކީ، ތިމާވެށްޓަށް ވިހަ ގޭސް ދޫކުރުމުގެ 10 ދާއިރާގެ ތެރޭން އެއް ދާއިރާއެވެ. ކޮންމެ އަހަރަކު ދުނިޔޭގެ ވައިގެ ފަށަލައަށް ދޫކުރާ ހުރިހާ ކާބަންގެ ތިންބައިކުޅަ ދެބައަށް ވުރެން ގިނައިން އުފައްދާ ފަރާތަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއެވެ.

ވައިގެ ދަތުރުފަތުރުން އުފައްދާ ކާބަންގެ މިންވަރު އަންދާސާ ކޮށްލާއިރު ފަގީރު ގައުމެއްގައި މީހަކު އަހަރު ދުވަހު އުފައްދާ ކާބަންއަށް ވުރެން ވައިގެ އެންމެ ދަތުރަކުން އެންމެ މީހަކު އުފައްދާ ކާބަން މާގިނައެވެ.

އެއާޕޯޓުގެ ގްރައުންޑް އޮޕަރޭޝަންތަކަކީ ގިނަ އަދަދަކަށް ކާބަން ބޭރުކުރާ މަސައްކަތެކެވެ. އެއީ ލޭންޑްސައިޑާއި އެއާސައިޑަކީ އަބަދުވެސް މަސައްކަތުގައި ހަރަކާތްތެރިވާން ޖެހޭ ތަންތަނެވެ.

އޭގެ އިތުރުން އެއަރޕޯޓްތަކުގައި މިހާރު ހޮޓާތަކާއި އެހެނިހެން ފަސޭތައް ހަދާފައި ހުރުމުގެ ސަބަބުން އެތަންތަން ވަނީ އާދައިގެ ވަރެއްގެ ފެކްޓްރީ ޓައުނަކަށްވެފައެވެ.

އެހެންކަމުން ދެމެހެއްޓެނިވި އެއާޕޯޓްތައް އުފެއްދުމަކީ، ވައިގެ ދަތުރުފަތުރުން ބޭރުކުރާ ކާބަން މަދުކުރުމަށް އެހީވެވިދާނެ ތަނެކެވެ. މިދިމާއަށް މުހިންމު ފިޔަވަޅެއް އެޅީ އިންޑިއާގެ ކޮއްޗިންގެ އެއަރޕޯޓުންނެވެ.

ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގައި ހުރި ފުރަތަމަ ގްރީން އެއާޕޯޓެވެ. އަދި އެއީ 2018 ވަނަ އަހަރު ޗެމްޕިއަންސް އޮފް އާރތް އެވޯޑް ހޯދާފައިވާ އެއަރޕޯޓެވެ.

ކޮއްޗިން އެއަރޕޯޓަކީ އިއާދަކުރަނިވި ހަކަތައަށް ބަރޯސާ ވާ އަވިން ހަކަތަ އުފައްދާ އެއަރޕޯޓެކެވެ.

ކެރެލާ ސްޓޭޓްގެ އެންމެ ބޮޑު މި އެއާޕޯޓަކީ ފަސިންޖަރުން ދަތުރުކުރާ ނިސްބަތަށް ބަލާއިރު އިންޑިއާގައި ހަތް ވަނައަށް އެންމެ ބޮޑު އެއާޕޯޓެވެ.

އަދި އެއީ 3.4 ކިލޯމީޓަރަށް ވުރެން ދިގު ރަންވޭއެއް އޮންނަ އެންމެ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭވަރުގެ އެއަރޕޯޓެކެވެ.

ކޮއްޗިން އެއަރޕޯޓަކީ އިންޑިއާގައި ފުރަތަމަ ފަހަރަށް ސަރުކާރާއި ރައްޔިތުން ޙިއްސާވާ ގޮތަށް ބިނާ ކުރި ފުރަތަމަ އެއަރޕޯޓެވެ.

އެ އަރޕޯޓްގެ ފުރާޅުގައި 2013 ވަނަ އަހަރުން ފެށިގެން ސޯލާ ހަރުކޮށްފައި ވެއެވެ. އެކަމަށް ޚަރަދު ކޮށްފައިވާ ހަތް ކްރޯޑް ރުޕީސް މިހާރު އެ ކުންފުންޏަށް ވަނީ ފައިދާއާއެކު ލިބިފައެވެ. އެހެން ނޫނަސް އެއަރޕޯޓްގެ ކަރަންޓު ބިލަށް މަހަކު ޚަރަދު ކުރަމުން ދިޔަ އަށް ލައްކަ ރުޕީސް މިހާރު ވަނީ ސަލާމަތް ކުރެވިފައެވެ.

ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަކީ ކެރެލާގައި ސަރުކާރު ކަރަންޓު އުފައްދާ ކުންފުންޏަށް ފަހު އެންމެ ގިނައިން ކަރަންޓު އުފަދާ ކުފުންޏެވެ.

އޭގެ އިތުރުން އެއަރޕޯޓްގެ ސަރަހައްދުގައި ބަހައްޓާފައިވާ ސޯލާ ޕެނަލްތަކުގެ ތިރީގައިވާ ހުސް ބިން ބޭނުން ކޮށްފައި ވަނީ މިރުސް ގަސް އިންދައިގެްނ ދަނޑުވެރިކަން ކުރާށެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް