އިސްމާޢީލް ހަނިއްޔާ އީރާންގައި ޝަހީދުކޮށްލައިފި

ހަނިއްޔާއަކީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ޢަސްޤަލާންގެ ރެފިއުޖީއެކެވެ. އޮކްޓޯބަރު މަހު ޒަޔަނިސްޓުން ދިން ހަމަލާގައި އޭނާގެ ގާތްތިމާގެ މީހުންގެ ތެރެއިން 60 މީހަކު ޝަހީދުކޮށްފައި ވެއެވެ. ފަލސްތީނުގެ އައްޝާޠީ ރެފިއުޖީ ކެމްޕަށް ޒަޔަނިސްޓުން ދިން ހަމަލާގައި ހަނިއްޔާގެ ތިން ކުދިންނާއި ދެ ކާފަދަރިން ޝަހީދުކޮށްފައި ވެއެވެ.

ފަލަސްތީނުގެ އިސްލާމިކް ޔުނިވަރސިޓީގެ ގްރެޖުއޭޓް އިސްމާޢީލް ހަނިއްޔާއަކީ ހަމާސްގެ ބާނީ ޝަހީދު އަޙްމަދު ޔާސީންގެ ގާތް ބޭފުޅެކެވެ.

އީރާނަށް ވަޑައިގެން އުޅުއްވަނިކޮށް ޙަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށް ލައިފިއެވެ. ޤަތަރުގައި ދިރިއުޅުއްވާ ހަނިއްޔާ، ތެހެރާނަށް ވަޑައިގަތި އީރާންގެ ރައީސް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ހަމާސްއިން ބުނިގޮތުގައި ހަނިއްޔާ ޝަހީދުކޮށްލީ ޒަޔަނިސްޓުން އޭނާ ދިރިއުޅުއްވާ ގެއަށް ދިން ހަމަލާގައެވެ. އެ ހަމަލާގައި އޭނާއާއި އޭނާގެ އީރާންގެ ހަށިފާރަވެރިންވެސް ޝަހީދުވިކަމަށް ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!