ޕާކިސްތާނުން ހަމަލަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފް ވެއްޖެ

ކާޝްމީރުގެ ލައިން އޮފް ކޮންޓްރޯލްގައި ބަޑީގެ ހަމަލާތައް ބަދަލުކޮށް، ޕާކސިްތާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފް ވެއްޖެއެވެ. ދެ ފަރާތު ސިފައިން ބަޑި ހަމަލަ ބަދަލުކޮށްފައި ވަނީ ލުއި ހަތިޔާރު ބޭނުންކޮށްގެނެވެ. އޭގެ ކުރިން ބިހާރުގައި ހިންދީ ބަހުން ތަގްރީރު ކުރައްވަމުން ކުއްލިއަކަށް މޮދީ ވަނީ އިނގިރޭސި ބަހުގެ ތަގްރީރަކަށް ބަދަލު ކުރައްވައި ޕަހަލްގައުންގެ ހަމަލައަށް ބަދަލު ހިއްޕަވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ލަފާ ކުރެވެނީ އަސްކަރީ ހަމަލައެއް ދީފާނެ ކަމަށެވެ. ޕާކިސްތާނުގެ މަދަނީ އަދި އަސްކަރީ ލީޑަރުންގެ މަޝްވަރާއަށް ފަހު ބޯޑަރު ބެލެހެއްޓުން ވަރުގަދަ ކޮށް ސިފައިން ތައްޔާރީ ހާލަތަށް ގެނަސްފައި ވެއެވެ.

ކަޝްމީރުގެ ޕަހަލްގަމްގައި ދީފައިވާ ޓެރަރިސްޓް ހަމަލައާ ގުޅިގެން އިންޑިއާ ސިފައިންނާއި ޕާކިސްތާން ސިފައިންގެ ދެމެދު ބަޑި ހަމަލާ ބަދަލުކޮށްފި އެވެ. އަދި ޕާކިސްތާނުން އިންޑިއާ ސިފައިންގެ މީހަކުވެސް ހިފަހައްޓައިފިއެވެ.

ޓެރަރިސްޓް ހަމަލައަށްފަހު ނިއުކްލިއާ ހަތިޔާރު އެޅި ވާދަވެރި ދެ ގައުމުން ވަނީ ޑިޕްލޮމެޓިކް ގުޅުން ދަށް ކުރުމަށް ފިޔަވަޅުތައް އަޅާފައެވެ. ޕާކސްތާނުން ވެސް ވަނީ އިންޑިއާއިން އެޅި ފިޔަވަޅަކަށް ފިވަޅެއް އަޅާފައެވެ. ނަމަވެސް ޕާކިސްތާނުން 48 ގަޑިއިރު ތެރޭ ބޭރުވާން އެންގީ ސިކު ދީނުގެ މީހުން ނޫން އިންޑިއާ މީހުންނަށެވެ. އަދި ޕާކިސްތާނުން ވަނީ ޝިމްލާ މުއާހަދާއަށް އަމަލު ކުރުންވެސް ހުއްޓާލާފައިވާ ކަމަށް ބުނެފައެވެ. މިއީ އިންޑިއާއިން އިއުލާން ކުރި ފިޔަވަޅެއް ނޫނެވެ.

އިންޑިއާ ސިފައިންގެ މީހަކު ޕާކިސްތާނު ސިފައިން ހިފެހެއްޓި ކަމަށް ބުނެފައި ވަނީ ލައިން އޮފް ކޮންޓްރޯލުގައި އޮޅިގެން ޕާކިސްތާންގެ އެތރެއަށް ވަދެގެން އުޅެނިކޮށެވެ. އޭނާ އަތުލައި ގަތީ ގަހެއްގެ ދަށުގައި ފިނިކޮށްލަން މަޑުކޮށްގެން އިންދައެވެ. ދެފަރާތުގެ ސިފައިންގެ ދެމެދު އޮންނަ ޕްރޮޓޮކޯލްގެ ދަށުން އެމީހާ އަނބުރައި ގެނެވޭތޯ އަޓާރީ ބޯޑަރު ޕޯސްޓުގެ ކޮމާންޑުން ދަނީ ކޮމާންޑަރުންގެ ފެނަވަރުގައި ވާހަކަ ދައްކަމުންނެވެ.

ޕަހަލްގާމްގައި އަންގާރަ ދުވަހު ބަޑި ޖަހައިގެން 26 މީހުން މަރާލާފައި ވެއެވެ. މިހާ ގިނަ އަދަދެއްގެ ބަޔަކަށް މިފަހުން ހަމަލައެއް އަމާޒުކޮށްފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް