އެމެރިކާއިން މާކަނޑުގައި ހަނގުރާމައިގެ ޖަރީމާ ހިންގާތީ ދައުވާ ކުރަނީ

އެމެރިކާގެ ސިވިލް ރައިޓްސް ގްރޫޕްތަކަކުން ވަނީ، ލެޓިން އެމެރިކާގައި މަސްތުވާތަކެތި އުފުލާކަމަށް އެމެރިކާއިން ތުހުމަތުކުރާ ބޮއްކުރާތަކަށް އެމެރިކާ ސިފައިން މާކަނޑުގައި ބެލުމެއް ނެތި ދޭ އަސްކަރީ ހަމަލާތަކާ ގުޅޭ މައްސަލައިގައި ދައުވާ ކުރުމަށް ނިންމާފައެވެ. ޓްރަމްޕް ވަނީ އެ ހަމަލަތައް ހުއްދަކޮށް ނޯޓުސިޓީއެއް ކަމާ ބެހޭ އިދާތާރަކަށް ފޮނުއްވާފައެވެ. ނަމަވެސް އެކަން ސިއްރުކޮށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ދަތުށުން ނުދިނުމަށް އެމެރިކާ ސަރުކާރުން ވަނީ އަންގާފައެވެ.

އެމެރިކަން ސިވިލް ލިބަޓީޒް ޔޫނިއަން (އޭސީއެލްޔޫ)، އަދި ނިއުޔޯކް ސިވިލް ލިބަޓީޒް ޔޫނިއަން (އެންވައިސީއެލްޔޫ)، އަދި ސެންޓަރ ފޯ ކޮންސްޓިޓިއުޝަނަލް ރައިޓްސް (ސީސީއާރު) އިން ހުށަހަޅާ މި ދައުވާގައި ބުނެފައިވަނީ، ސެޕްޓެމްބަރު މަހުން ފެށިގެން ދީފައިވާ 20 ހަމަލާގައި 87 މީހުން މަރުވެފައިވާ ކަމަށާއި، މި ހަމަލާތަކަކީ ގާނޫނާ ޚިލާފު ހަނގުރާމައިގެ ޖަރީމާތަކުގެ ހަމަލާތަކެއް ކަމަށެވެ.

މި ގްރޫޕްތަކުން ބުނާ ގޮތުގައި، މި ހަމަލާތަކަކީ "ގަސްތުގައި އާންމުން މެރުން" ކަމަށެވެ. އަދި، މިކަން ހުއްދަކުރާ ސަރުކާރުގެ ސަބަބުތައް އާންމުންނަށް އެނގުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. މި މައްސަލައިގެ މައިގަނޑު ބިނާކޮށްފައި ވަނީ ވައިޓް ހައުސްގެ އޮފީސް އޮފް ލީގަލް ކައުންސެލް އިން ނެރެފައިވާ ގާނޫނީ ރައުޔެއްގެ މައްޗަށެވެ. މި ރައުޔުގައި ބުނެފައިވާ ގޮތުގައި އެމެރިކާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގްރޫޕުތަކާ ދެކޮޅަށް ހިންގާ "ގައުމަކުން ނުހިންގާ ހަތިޔާރު އެޅި ހަނގުރާމައެއް" ގައި ބައިވެރިވެފައިވާ ގައުމެއް ކަމަށެވެ.

މި ދައުވާ ހުށަހެޅި ވަކީލުން ބުނާ ގޮތުގައި، މި ހަމަލާތައް ހިންގާ ފަރާތްތަކަށް ސަރުކާރުން ދަނީ "ޖަލުން ސަލާމަތްވުމުގެ ސަނަދެއް" ދެމުންނެވެ. މި މައްސަލައާ ގުޅިގެން މި ގްރޫޕްތަކުން ވަނީ މި މެމޯއާއި ގުޅުންހުރި ލިޔެކިޔުންތައް ހޯދުމަށް އޮކްޓޯބަރު 15 ގައި މައުލުމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމުގެ ދަށުން އެދިފައެވެ. ނަމަވެސް، އެމެރިކާ ސަރުކާރުން އެކަން ބޮލާލައި ޖަހައި، އެކަމަށް އިޖާބައެއް ދީފައެއް ނުވެއެވެ.

މި ހަމަލާތަކަކީ އާންމުންނަށް ލިބޭ ގެއްލުންތަކާއި، އެމެރިކާގެ އަސްކަރީ ބާރު ގާނޫނާ ހިލާފަށް ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ ހަމަލަތަކެެކެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް "ހަތިޔާރު އެޅި ހަނގުރާމައެއް" ގައި އެމެރިކާ އޮތް ކަމަށް ބެލުމަކީ، ބައިނަލްއަގްވާމީ ޖިނާއީ ޖަމާއަތްތަކާ މެދު އެމެރިކާއިން މުއާމަލާތްކުރާނެ ގޮތުގެ ސިޔާސަތަށް ދުރު ރާސްތާގެ އަސަރުތަކެއް ފޯރުވާނެ ކަމެކެވެ.

ހިއްސާ ކުރައްވާ!