ޓިބެޓްގެ ސަގާފަތާއި އަމިއްލަ ވަންތަކަން ފާހަގަ ކޮށްފި

ޓިބެޓްގައި 1959 ވަނަ އަހަރު ހިނގާދިޔަ ހާދިސާތަކަކީ ޓިބެޓް ޗައިނާގެ ދަށަށް ދިޔަ މުހިންމު ތާރީޚީ ހާދިސާއެކެވެ. އެ ހާދިސާއަށް ފަހު އެއް ބަޔަކު ޓިބެޓުން ބޭރުވެގެން ގޮސް އެމީހުންގެ އމިއްލަ ސަރުކާރެއް ބޭރުގައި އުފެއްދިއެވެ. ދަލާއިލާމާއަކީ އެ ހަރަކާތުގެ ރޫހާނީ ލީޑަރެވެ. މިމީހުންނަށް އެނބުރި ޓިބެޓަށް ދުވަހަކުވެސް އާދެވޭ ގޮތެއް ނުވިއެވެ. ޗައިނާއިން ވަނީ އެމީހުންނަށް އެ ދޮރު ބަންދުކޮށްފައެވެ. އަދި ޗައިނާއިން ވަނި ޓިބެޓް ޗައިނާގެ ބައެއްގެ ގޮތުގައި ހަދައި ސަގާފީ ގޮތުންނާއި އެހެން ގޮތްގޮތުން ޗައިނާއާ ގުޅުވައި  ލާމަހާފައެވެ.

މީގެ އިތުރުން، ޓިބެޓަކީ ޗައިނާގެ އެހެން ސަރަހައްދުތަކާ ބޮޑަށް ގުޅިފައިވާ ތަނަކަށް ހެދުމަށްޓަކައި، އެ ގައުމުން އިދާރީ، ތައުލީމީ އަދި ސަގާފީ ގޮތުން ތަފާތު ސިޔާސަތުތައް ތަންފީޒުކޮށްފައި ވެއެވެ. އަދި ޗައިނާއާ އެކަހެރިކަން ކަނޑުވާލުމަށްޓަކައި ޗައިނާއިން ވަނީ ޓިބެޓާ ޗައިނާ ހައިސްޕީޑް ރޭލުގެ މަގުން ގުޅުވާލާފައެވެ. އެއާއެކު، ގިނަ އަދަދެއްގެ ޓިބެޓު މީހުން ބުދުދީނާއި ތާރީޚީ ހަނދާންތަކުން ހިތްވަރު ލިބިގަނެ، އެމީހުންގެ އާދަކާދަތަކާއި، ބަހާއި، ރޫހާނީ ކަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުން ދެއެވެ. ނަމަވެސް އެމީހުންގެ ހަރަކާތްތައް އޮންނަނީ ޗައިނީޒް ވަންތަ ސިފައާއެކު ކޮންޓްރޯލު ކުރެވިފައެވެ.

ޓިބެޓުގައި ވެރިކަން ހިންގުމާއި އިޖުތިމާއީ ނިޒާމުތަކުގެ ސަބަބުން ދިރިއުޅުމުގެ އާންމު ކަންކަމަށް ބަދަލު އައި ނަމަވެސް، އަސްލު ގަބޫލުކުރުންތަކާއި ސަގާފީ އަމިއްލަވަންތަކަން އދިވެސް އެތާނގައި އެގޮތަށް ދަމަހައްޓާފައި ވެއެވެ.  މިއަހަރުވެސް ބޭރުގައި އުޅޭ މީހުން އެހެން އަހަރު ތަކެކޭ އެއް ފަދައިން މާރިޗު 10 ވަނަ ދުވަހު ޓިބެޓްގެ ހަނދާންތައް އާކުރެއެވެ. މި ހަނދާނީ ހަރަކާތްތަކަކީ، ޓިބެޓް މީހުންގެ ތަރިކައާ އޮތް ގުޅުމާއި، ޒަމާނީ ޗައިނާގެ އޮނިގަނޑުގެ ތެރޭގައި އެ ތަރިކަ ރައްކާތެރިކުރުމަށް އެމީހުން ކުރާ އުންމީދު ހަނދާންކޮށްދޭ ކަމެކެވެ.

މިއަހަރު ޓައިޕޭގައި ދިރުއުޅޭ މީހުން ވަނީ މިކަން ފާހަގަ ކޮށްފައެވެ. އެމީހުން ބުނަނީ ސަގާފީ އަމިއްލަވަންތަކަމަކީ ފަސޭހައިން ފޮހެލެވޭނެ އެއްޗެއް ނޫން ކަމަށާއި، ޒަމާންވީ އާދަކާދަތަކަކީ ޓިބެޓުގެ މުޖުތަމައުގައި އަދިވެސް މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމުގައެވެ.

ހިއްސާ ކުރައްވާ!