އެމެރިކާ ހަނގުރާމައިގައި ބަލި ވަމުން މިދަނީ އިލާހީ ކޯފައަކުން!

އެމެރިކާއިން ދެމުންދާ ޓެރރިސްޓް ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ ބާރުތަކަށް ކުރިމަތިވަމުންދާ ނާކާމިޔާބީތަކާއި ހާދިސާތަކުގެ ސަބަބުން އެ ގައުމުގެ އަސްކަރީ ގާބިލުކަމާ މެދު ސުވާލު އުފެދި، މިއީ އިލާހީ ކޯފާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަން ފަށައިފިއެވެ. މިދޔަ 13 ދުވަހު ހިނގި ހާދިސާތަކަށް ބަލާއިރު، އެމެރިކާގެ އެންމެ ޒަމާނީ އަސްކަރީ އުޅަނދުތަކަށް ދަނީ ގޭނގި ތިއްބައި ހާދިސާތައް ދިމާވެ، ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

މިގޮތުން ހިނގާފައިވާ ހާދިސާތަކުގެ ތެރޭގައި، އެފް 18 މަރުކާގެ ހަނގުރާމަމަތީ ބޯޓެއް އެކްސިޑެންޓެއްގައި ވެއްޓިފައި ވެއެވެ.
އަދި އެފް 15 މަރުކާގެ ބޯޓެއް ވެއްޓިފައިވަނީ އަމިއްލަ ފައުޖުތަކުން ދިން ހަމަލާއެއްގައެވެ.
މީގެ އިތުރުން، ކޭސީ-135 މަރުކާގެ ބޯޓެއް ވައިގެ ތެރޭގައި އެހެން އުޅަނދަކާ މުޑިއަރައި ވެއްޓިފައި ވެއެވެ.
އަދި އެމްކިޔޫ-9 ޑްރޯންއެއް ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ވެއްޓިފައެވެ.

ތެޔޮ އަޅާ ބޯޓު މިއޮތީ ފޮޓޯއަކަށް އެދިއެދި!

ހަމައެފަދައިން ކަނޑުގެ ސަރަހައްދުގައިވެސް އެމެރިކާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެމެރިކާގެ ބިޔަ އެއާކްރާފްޓް ކެރިއަރެއްގައި ކަރަންޓު ޝޯޓެއް ދިމާވެގެން އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި އަލިފާނުގެ ހާދިސާގައި  ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހުރިހާ ހާދިސާތަކަކީވެސް އެއްވެސް ދުޝްމަނެއްގެ ސީދާ ހަމަލާއަކާ ނުލައި ހިނގާފައިވާ ކަންކަމެވެ.

މިހާދިސާތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ ބާރު ގެ އޮފް ދަނީ ކެނޑެމުންނެވެ. މިކަންކަމަށް މަލާމާތް ކުރަމުން މީހުން ބުނަނީ މާދަމާ ވެރިރަށް ވޮޝިންޓަންގައި ސަރުކާރު ވެއްޓިއްޖެނަމަ ބުނާނީ އެއީ ބޭރުގެ ހަމަލާއަކުން ދިމާވި ކަމެއް ނޫން ކަމަށާއި، ނަމަވެސް އެއީ އާއިލީ ނުވަތަ އެތެރޭގެ ދެބަސްވުމެއްގެ ތެރެއިން ހިނގި ކަމެއް ކަމަށެވެ!

ހިއްސާ ކުރައްވާ!