އީރާނުން އިސްރާއީލަށް ފޮނުވާ މިސައިލްތަކުގައި ޒަޔަނިސްޓުންނަށް ޚާއްސަ މެސެޖުތައް

އީރާނުން ޒަޔަނިސްޓުންނަށް ފޮނުވާ މިސައިލްތަކުަގއި ޚާއްސަ މެސެޖުތައް ލިޔަން ފަށައިފިއެވެ. މިކަމަކީ މީގެ ކުރިން ޣައްޒާ ޖެނޮސއިޑްގައި އިސްރާއީލުން ކުރަމުން ދިޔަ ކަމެކެވެ. އެމެރިކާއާއި ޔަހޫދީ ސިޔާސީ ލީޑަރުން ވަނީ ފަލަސްޠީނުގެ ގަތުލުއާންމުގައި ބޭނުން ކުރި މިސައިލްތަކުގައި އަގަލު ކުޑަ ކިޔުންތައް ލިޔެ އެ ލިޔުންތައް ދުނިޔެއަށް އިޝްތިހާރު ކޮށްފައެވެ.

އީރާނުން މިސައިލްގައި ލިޔާ މެސެޖުތައް ތަފާތެވެ!

"ކުޑަ ކުދިންނާ ބެހޭ މީހުންނަށް މިއޮތީ ޚާއްސަ ވެކްސީޯނެއް: މެއިޑް އިން އީރާން" އީރާންގެ މިސައިލްގައި ޒަޔަނިސްޓުންނަށް ދިން މެސެޖުގައި ލިޔެފައި ވެއެވެ.

މި މެސެޖު ލިޔަނީ އިނގިރޭސިއާއި އަރައްބާއި ފާރިސީ ބަހުންނެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ޖާސޫސީ މަރުކަޒުތަކާ ދިމާއަށް ފޮނުވާ މިސައިލްތަކުގައި މި އިބާރާތް ލިޔެފައި ވެއެވެ.

ހިއްސާ ކުރައްވާ!