ލާރީޖާނީގެ ރައްދު ހެގްސެތަށް: އަހަރެމެންގެ ލީޑަރުން ތިބީ ރައްޔިތުންނާއެކު، ތިޔަބައިމީހުންގެ ލީޑަރުން ތިބީ އެޕްސްޓީންގެ ޖަޒީރަގައި

އީރާނުގެ ލީޑަރުން ތިއްބެވީ ބިމުގެ އަޑީގައި ފިއްލަވައިގެން ކަމަށް ބުނެ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ދެއްކެވި ދޮގު ވާހަކަތަކަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލީ ލާރީޖާނީ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. ލާރީޖާނީ ވިދާޅުވީ އީރާނުގެ ވެރިން ތިއްބެވީ ރައްޔިތުންގެ ތެރޭގައި ކަމަށާއި، ނަމަވެސް އެމެރިކާގެ ލީޑަރުން ފެންނަނީ އަޚުލާގީ ގޮތުން ފާސިދުވެފައިވާ ޖެފްރީ އެޕްސްޓީންގެ ޖަޒީރާގައި (ޅައަންހެންކުދިން މައްލަވަކުރަމުން) ކަމަށެވެ.

އަލީ ލަރީޖާނީއަކީ ކާކު؟

  • އޭނާއަކީ ޝަރީފް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީން ހިސާބާއި ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
  • ޔުނިވާސިޓީ އޮފް ތެހެރާނުން ހުޅަނގު ފަލްސަފާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވެ އެވެ
  • ޔުނިވާސިޓީ އޮފް ތެހެރާނުން ހުޅަނގު ފަލްސަފާގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވެއެވެ. އަދި ހުޅަނގުގެ ފަލްސަފާ ވެރިޔާ އިމަނުއެލް ކާންޓްގެ މައްޗަށް ޕީއެޗްޑީ ތީސީސް ލިޔުއްވިއެވެ. އޭނާގެ ތީސިސް އަކީ ގިނައިން ހުޅަނގުގައި ހަވާލާ ދެވޭ މިހާރުގެ ދިރާސާއެކެވެ.
  • އަދި ސައިންސާއި ފަލްސަފާގެ ދާއިރާއިން ތައުލީމީ ދިރާސާތައް ކުރެއްވުމުގެ ކުރިން އުމުރުގެ ކުރީކޮޅު އޭނާ ވަނީ އިސްލާމީ ދީނީ ތައުލީމު ހާސިލުކުރައްވާފައެވެ.

އަލީ ލަރިޖާނީއާ ޚިލާފަށް އެމެރިކާ ވެރިންނަކީ އަޚުލާގެއް އަދި އަދަބެއް އިލްމެއް ޝަހުވާނީ އެދުންވެރިކަމާއި މާއްދިއްޔަތަށް ބޫތުކާފައިވާ ބަޔެކެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ލާރީޖާނީ ވަނީ މިއަދު ތެހެރާނުގައި ބޭއްވި 'ޤުދުސް ދުވަހުގެ' ހިނގާލުމުގައި އީރާނުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާކުރައްވާފައެވެ.

"މިސްޓަރ ހެގްސެތު، މި ހުރިހާ އަހަރުތަކެއްގައިވެސް އަދި މިހާރުވެސް އަހަރެމެންގެ ލީޑަރުން ތިއްބެވީ ރައްޔިތުންގެ ތެރޭގައި. އެކަމަކު ތިޔަބައިމީހުންގެ ލީޑަރުން ތިއްބެވީ އެޕްސްޓީންގެ ޖަޒީރާގައި،" ލާރީޖާނީ ވިދާޅުވިއެވެ.

ލާރީޖާނީ މި އިޝާރާތް ކުރެއްވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އިންސާނީ ވަގުފާރީގެ ނެޓްވޯކެއް ހިންގައި ޓްރަމްޕަށް އަންހެން ކުދިން ހޯދައިދޭން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީންއަށެވެ. އެޕްސްޓީންއަކީ އެމެރިކާގެ ސިޔާސީ އަދި އިގްތިސާދީ ނުފޫޒުގަދަ އެތައް ބަޔަކާ ގާތް ގުޅުމެއް ބޭއްވި މީހެކެވެ. އޭގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ހިމެނިވަޑައިގަންނަވާއިރު، ޓްރަމްޕް ވަނީ އެއްފަހަރަކު އެޕްސްޓީންއަކީ "ވަރަށް މޮޅު މީހެއް" ކަމަށް ސިފަކުރައްވާފައެވެ.

މި ބަހުގެ ހަމަލާތައް ބަދަލުކުރެވިފައިވަނީ މިއަދު ހުކުރު ދުވަހު ހެގްސެތު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. ހެގްސެތު ވަނީ އީރާނުގެ އާ ލީޑަރުން ތިއްބެވީ ބިމުގެ އަޑީގައި ފިއްލަވައިގެން ކަމަށް ބުނެ، އެއީ "މީދާތައް އުޅޭ ގޮތް" ކަމަށް ސިފަކުރައްވާފައެވެ. އަދި އީރާނުގެ އާ ޒައީމަށް އަނިޔާވެ، ސޫރަ ބަދަލުވެފައިވާ ކަމަށްވެސް އޭނާ ވަނީ ދައުވާކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ ދެ ގައުމުގެ ދެމެދުގައި އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ދަނީ އެ ގައުމުގެ ލީޑަރުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބައެއްކަން ދެއްކުމަށް މަސައްކަތް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!