އާޔަތުﷲ މުޖުތަބާ ޚާމަނަނާއީގެ ލޭ ހުއްދަވާނަމަ އެމެރިކާގެ ރައީސާއި އެޕްސްޓީން ގޭންގްގެ ލޭ ހުއްދަ ނުވާންވީ ސަބަބެއް ނެތް: މީޑިއާ

އީރާނުގެ އެންމެ މަތީ ލީޑަރު މުޖުތަބާ ޚާމަނާއީ އާއި އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުން ޝަހީދުކޮށްލުމަށް އެމރިކާ ރައީސް ބޭނުން ވެގެން އުޅޭތީ އެމެރިކާގެ ރައީސާއި އެގައުމުގެ ވެރިންގެ ލޭ ހުއްދަ ނުވާންވީ ސަބަބެއް ނެތް ކަމަށް އީރާނުން ބުނެއެވެ. އީރާނުން ވަނީ މެދުއިރުމައްޗަށް ދެން ދުވަހަކުވެސް ޓްރަމްޕު އައިސްގެން ނުވާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި އައިސްފިނަމަ އެއީ އެއްކޮޅު ދަތުރެއް ކަމަށް ބެލުމަށްވެސް އޭނާއަށް ވަނީ ނަސޭހަތް ދީފައެވެ.

އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް ނަފްސާނީ ހަނގުރާމައެއް ކުރުމަށްޓަކައި އަދި އީރާނުގެ ވެރިންނަށް ނުރައްކާ ކުރުމަށް އެފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް ބުނެފައެވެ. އެކަން މިއަދު އެމެރިކާގެ ފޮރިން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެމެރިކާއަކީ ގުންޑާ ވެރިކަމެއް ކުރާ ގައުމެކެވެ. ރެޑް އިންޑިއަނުންނާ މެދު ހެދި ގޮތަށް ކުށެއް ނެތި އެމެރިކާ ބޭނުން މީހެއްގެ ބޮލަށް އަގު ކިޔައި އެޕްސްޓީން ގޭންގް މީހުންނަށް އިންސާނީ ފުރާނަ ނަގާލުމަށް ހުއްދަ ދެނީ ކޮން ގާނޫނެއްގެ ދަށުންތޯ އީރާނުން ސުއާލު ކުރެއެވެ.

13 ދުވަސް ތެރޭގައި އީރާނުން ވަނީ އެމެރިކާ ގިއްގަޅުވާލާފައެވެ. އެއަށްފަހު ދުނިޔެއަށް ދަޅަ ދައްކަން ޓްރަމްޕް ދަނީ ގޮދު ހަދައި ޕްރޮޕެގެންޑާ ކުރަމުންނެވެ.

 

ހިއްސާ ކުރައްވާ!