އަލްޖަޒީގެ ފައިސަލް އަލްޤާސިމް މުސްލިމުންނަށް ގޮވާލާ ގޮވާލުން:

އަލްޖަޒީގެ ޕްރެޒެންޓަރު ފައިސަލް އަލްޤާސިމް މުސްލިމުންނަށް ގޮވާލާ ގޮވާލުން:

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެންމެހައި މުސްލިމުންނޭވެ!

ތިޔަބައިމީހުންގެ ތެރެއިން އެކި މަޒްހަބުތަކާއި، ފިރުގާތަކާއި، ޖަމާއަތްތަކަށް ނިސްބަތްވާ އެއްވެސް މީހަކީ އަނެކާއަށްވުރެ ހާއްސަ އިމްތިޔާޒެއް ލިބިގެންވާ މީހެއް ކަމުގައި ހީނުކުރާށެވެ!
ތިޔަ އެންމެހައި ފިރުގާތަކާއި މަޒްހަބުތަކަކީވެސް މިއަދު ނުރައްކަލަށް ހުށަހެޅިފައިވާ ބައެކެވެ!
ބައިނަލްއަގުވާމީ 'ވަހުޝީ ޖަނަވާރުންނާއި މިނިކާވަގުތަކާއެކު' ކޮޅަށް ހުރުމުން ސަލާމަތްވެވޭނެ ކަމަށް ގަބޫލުކުރާ މީހަކީ މޮޔައެކެވެ!
އެ ސޮރުމެންގެ އަމާޒަކީ ތިޔަ ބައިމީހުން އެންމެންނެވެ!
ތިޔަ ބައިމީހުން އެންމެންނަކީވެސް ހަމައެކަނި އެ ވެރިންގެ ބޭނުމަށް ބޭނުންކޮށްލާ އާލާތްތަކަކާއި އެވެރިންގެ މަގްސަދުތައް ހާސިލުކުރުމަށް އަންދާލެވޭ ދަރުތަކެކެވެ!
ޝީޢީންނާއި ސުންނީން އެންމެން އެއްކޮށް ހަލާކުކޮށްލުމަށް މުސްލިމުންނާ ދެކޮޅަށް ބައިނަލްއަގުވާމީ އިއްތިހާދުތައް އުފައްދަން ނިންމާފައިވާކަން މިހާރު އެ ވަނީ އިއުލާންކުރަން ފަށާފައެވެ!

އެހެންކަމުން، ތިޔަ އެންމެންނަކީވެސް އެއް އޮޑިއެއްގައި ތިބި ބަޔެއް ކަމަށް ދެކޭށެވެ!
އެ އޮޑީ ދިޔަކޮށްލަން މަޑޫ ނައްޓަން މަސައްކަތްކުރާ ކޮންމެ މީހަކީވެސް ދެން ތިބި އެންމެންނާއެކު ޣަރަގުވެގެން ދާނެ މީހެކެވެ!
ތިޔަބައިމީހުންނަށް ރަނގަޅު ވެގެން ވަނީ ކޮން ގޮތެއް ހެއްޔެވެ؟
ތިޔަބައިމީހުންގެ މެދުގައިވާ މަޒްހަބީ އަދި ފިކުރީ ދެކޮޅުވެރިކަމާއި ހަނގުރާމަތަކުގައި ދެމިތިބުން ހެއްޔެވެ؟
ނުވަތަ އެންމެން އެކުގައި ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުން ހެއްޔެވެ؟
ރަނގަޅަށް ވިސްނާށެވެ!"

ހިއްސާ ކުރައްވާ!