އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރުވެފައިވާ ކަމަށް ގަބޫލުކުރަން ޖެހޭ ހިސާބަށް ކަންކަން ގޮސްފިއެވެ. އިޒްރޭލުގައިވެސް އަދި އިޒްރޭލުން ބޭރުގައިވެސް އޭނާ މަރުވެފައިވާ ކަމަށް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ. މިކަމާ މެދު ސުއާލު ކުރާ ފަރާތްތަކުން ބުނަނީ އިޒްރޭލުގައި ކޮންމެވެސް ބޮޑު ކަމެއް ހިނގައިފި ކަމަށެވެ. އަދި އިޒްރޭލުގެ މުޅި މޫޑް މިހާރު ބަދަލުވެފައިވާ ކަމަށެވެ.
މަލްއޫނު ނަތަންޔާހޫ މަރުވި ކަމަށް ބުނާ ޚަބަރު އަލްޖަޒީރާއިންވެސް ގެނަސްދިނެވެ. ފަހުން އަލްޖަޒީރާއިން ވަނީ އެ ޑިޕޯޓް ޑިލީޓް ކޮށްފައެވެ. މިއޮތީ އޭގެ ސްކްރީން ޝޮޓެކެވެ. އަރަބިން އިސްކިރީންގެ ތިރީގައި އެއޮތީ އެކަލޭގެ މަރުވި ކަން އިއުލާން ކޮށްފައެވެ.

އީރާނުން އިޒްރޭލަށް ދޭ ހަމަލާތަކަކީ އާދައިގެ ހަމަލަތެއް ނޫން ކަމަށް ޖާސޫސީ މަސްދަރުތަކުން ބުނެއެވެ. އަދި އިޒްރޭލުގެ މުހިންމު ތަންތަނަށް އަމާޒުކޮށް ދެމުންދާ ވަރުގަދަ ހަމަލަތަކަށްފަހު އިޒްރޭލުގެ ސިޔާސީ މަސްރަހަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.

އީރާނުން ވަނީ އިޒްރޭލުގެ ވަޒީރުންނާއި، އަސްކަރީ ކޮމާންޑަރުން އަދި ޖާސޫސީ އިސްވެރިންގެ ގެތަކަށާއި އޮފީސްތަކަށް އަމާޒުކޮށް ވަރަށް ސީދާ ހަމަލާތަކެއް ދީފައެވެ. ބައެއް ތަންތަނަށް ތަކުރާރުކޮށް ހަމަލަ ދީފައި ވެއެވެ. ކުރިން އެއްވެސް ބަޔަކަށް ލަފާކުރެވިފައި ނުވާ މިންވަރަށް އީރާނުގެ ޖާސޫސީ ގާބިލުކަން އިތުރުވެފައިވާތީ، ބައިނަލްއަގުވާމީ ޖާސޫސީ އިދާރާތަކުން ވެސް ވަނީ ހައިރާންކަން ފާޅުކޮށްފައެވެ. މި ހަމަލާތަކުގެ ސަބަބުން ޓެލްއަވީވްގެ ތެރޭގައި ބޮޑު ބިރުވެރިކަމެއް އުފެދި، އިސްވެރިން ފިލައިގެން އުޅޭ ކަމަށައި މަތީ ފެންވަރުގެ މީހުން އާންމުންނާއި މަސްއޫލުވެރިންނާ ގުޅުން ކަނޑާލައި ބިންގަރާހަށް ވަދެގެން އުޅޭކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މިފަހަރުގެ ރޯދަމަހުގެ ފަހު ހުކުރު ދުވަހު މަސްޖިދުލްއަގްސާ ސަރަހައްދުން ފެނުނު މަންޒަރުތައް ވެސް ކުރީ އަހަރުތަކާ ތަފާތެވެ. މިއީވެސް އިޒްރޭލުގައި ބަދަލުވެފައިވާ ހާލަތު ދައްކައިދޭ ކަމެއް ކަމަށް ބުނެއެވެ.
އާންމުކޮށް ކޮންމެ ރޯދަ މަހެއްގެ ފަހު ހުކުރުގައި ޔަހޫދީ ސިފައިންނާއި ފަލަސްޠީނު މީހުންނާ ދެމެދު މަސްޖިދުލްއަގްސާ ސަރަހައްދުގައި ކުރިމަތިލުންތަކެއް ހިނގައެވެ. ޔަހޫދީ ނިޒާމުން އިތުރު ސިފައިން ފޮނުވައިގެން ހަމަނުޖެހުން އުފައްދަން މަސައްކަތްވެސް ކުރެއެވެ.
މިއަހަރުގެ މި ދިޔަ ހުކުރުގައި އެފަދަ ކަމެއް ފެނިފައެއް ނުވެއެވެ. މީގެ ސަބަބެއް ކަމަށް ބުނަނީ މިކަންކަން ވިލަރެސް ކުރާ އިޒްރޭލުގެ މޮޔަ ކުއްތާއެއްހެން އުޅޭކަމަށް އިސްލާމީ މީޑިއާއިން ސިފަ ކުރާ ބެން ގްވީރުގެ ޚަބަރެއް ނުވުމެވެ. މި ކަލޭގެވެސް މަރު ގެންނެވީ ކަމަށް މިހާރު ޔަގީންވާން ފަށައިފިއެވެ.
އިޒްރޭލުގައި މިހާރު ހިނގަމުންދާ ކަންކަމާ ބެހޭ ގޮތުން ޔަހޫދީ މުހައްލިލު އިލޯން މިރްޒާހީ ބުނެފައިވަނީ، "އިޒްރޭލުގެ ހާލަތު މިހާރު ފެންނަނީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށް" ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި "ނަތަންޔާހޫއަށް ސިއްޙީ މައްސަލައެއް ދިމާވެފައި ވުން ނުވަތަ އިޒްރޭލުގެ ސްޓްރެޓީޖިކް ގާބިލުކަން ގެއްލިފައިވުން" އެކަށީގެންވެއެވެ. އަދި މިހާރު އިޒްރޭލުން ފެންނަނީ ބިރުވެރިކަމާއި މާޔޫސްކަމެއް ކަމަށް އޭނާ ބުނެއެވެ. މިރުޒާހީ އިތުރަށް ބުނަނީ "ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އިޒްރޭލުގެ ދައުލަތް އެކި ބައިބަޔަށް ރޫޅިގެން ދިއުމުގެ ބިރު އެބައޮތެވެ. ޒަޔަނިސްޓުންނަށް މިހާރު ގަބޫލުކުރެވޭ ގޮތުގައި، މި ނުރައްކާތެރި ދަނޑިވަޅުން ސަލާމަތްވުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ."
މީގެ އިތުރުން ޓްރަމްޕްގެ ނަފްސާނީ ހާލަތަކީ ވެސް ސޮލީބީންނާއި ޒަޔަނިސްޓުންގެ ނާކާމިޔާބީ ބަޔާންކޮށްދޭ ކަމެކެވެ. ޓްރަމްޕްގެ މިހާރުގެ ސުލޫކު ހުރިގޮތުން އޭނާ ދެން ކަން ކުރާނެ ގޮތެއް އޭނާގެ ގާތްފަރާތްތަކަށްވެސް ނޭނގެއެވެ. އަދި އޭނާ މިހާރު ވަނީ އެމެރިކާގެ އެކުވެރި ގައުމުތަކަށް މި ހަނގުރާމައިގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ. ޓްރަމްޕް ބުނެފައި ވަނީ ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް ހަމަލަތައް ދިނުމަށް އެމެރިކާގެ ރަހުމަތްތެރި ގައުމުތަކުން އެމެރިކާއާ ބައިވެރިވާން އެދޭ ކަމަށެވެ. މިއަށް އަދި ދުނިޔޭގެ ގައުމުތަކުން ދޭ ޖަވާބު ސާފެއް ނޫނެވެ.
نسأل الله العظيم رب العرش العظيم
أن يهلكه عاجلآ غير آجل
نسأل الله القوي العزيز أن يجعل تدبيره تدميراً عليه وأن يرينا فيه يوماً أسودا
نسأل الله أن يرينا فيه عجائب قدرته وعقابه
أمين يارب العالمين





