އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ރައީސް ދެއްވައިފި ކަމަށް ޓަކަރ ކާލްސަން ބުނެފިއެވެ. "އެމެރިކާގެ ރައީސް މިއަދު ކެމެރާގެ ކުރިމަތީގައި ވިދާޅުވީ "އަޅުގަނޑުމެން މިދަނީ އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ފުރުސަތާ މެދު ވިސްނަމުން" ކަމަށެވެ.
ޓްރަމްޕް ހީކުރި ގޮތާ ޚިލާފަށް އީރާން ކޮންޓްރޯލެއް ނުކުރެވުނެވެ. އަދި އީރާނުން ދަނީ ވަރުގަދަ ކޮށް ހަމަލަަތައް ދެމުންނެވެ.

"އަޅުގަނޑުމެންނަށް އެއް ގަޑިއިރު ތެރޭގައި އީރާނު ސުންނާފަތިކޮށް، ދުވަހަކުވެސް އިންސާނުންނަށް ނޫޅެވޭ ފަދަ ތަނަކަށް ހަދާލެވިދާނެ. މިއަދާ ހަމައަށް އައިއިރު އަޅުގަނޑުމެންނަށް އެމީހުންނާ މެދު ފިޔަވަޅު އެޅުނީސް. ހަގީގަތުގައި، އެއް ގަޑިއިރު ތެރޭގައި، އެ ގައުމު އަލުން އާރާސްތު ނުކުރެވޭ ވަރަށް އެމީހުން ނައްތާލެވިދާނެ. އެކަން ކުރެވޭނެ ފަދަ ހަތިޔާރު އަޅުގަނޑުމެންގެ އަތުގައި އެބަހުރި" ހަނގުރާމައިގައި ބޮޑު ބައްޔަކުން ބަލިވެފައިވާ ޓްރަމްޕް ގޮތް ހުސްވެގެން ބުންޏެވެ.
ޓަކާ ކާލްސަން ބުނިގޮތުގައި ޓްރަމްޕް މި އިންޒާރު ދއްވަެނީ ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރާށެވެ. އެމެރިކާގެ ރައީސް އެ ވިދާޅުވަނީ، މަސްރަހު ގޯސްވެއްޖެ ނަމަ، އީރާނަށް ނިއުކްލިއާ ހަމަލާއެއް ދީފާނެ ކަމަށެވެ. މިހާރު ކަންކަން ދާގޮތުން އެމެރިކާއަށް ކޮންޓްރޯލު ގެއްލިއްޖެ ކަމަށް ބެލެވެއެވެ. އެހެންވެ، އެމެރިކާގެ ގައުމީ މަސްލަހަތަށްޓަކައި އަދި ޓްރަމްޕްގެ އަގު ވެއްޓިިޔަ ނުދިނުމަށްޓަކައި އޭނާ އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ޓްރަމްޕް މިހާރު އެހުރީ ގޮތް ހުސްވެފައެވެ.
ޓަކާ ކާލްސަން އިތުރަށް ބުނީ: ސެކްރެޓަރީ އޮފް ސްޓޭޓް ދާދި ދެންމެއަކު ނުކުމެވަޑައިގެން ވިދާޅުވީ، 'އަޅުގަނޑުމެން މިކަން ކުރީ އިސްރާއީލުން އެކަމަށް މަޖުބޫރު ކުރުވުމުން' ކަމަށެވެ.
"އެމެރިކާގެ ރައީސް އެ ގެންދަވަނީ ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ. އެކަން މިހާރު އޮތީ އެޖެންޑާގައެވެ." ކާލްސަން ބުންޏެވެ.






