އީރާނުގެ ކާމިޔާބީތައް އަދާ ހަމަކޮށް

  • އީރާނުން އަމާޒުކުރަމުންދަނީ ވައިގެ މަގުން ތެޔޮ އަޅައިދޭ ބޯޓުތަކަށާއި، މަތިންދާބޯޓު އުފުލާ މަނަވަރުތަކަށާއި ރޭޑާރުތަކަށެވެ.

• އީރާން މީޑިއާ ރިޕޯޓު ކުރާ ގޮތުގައި، އީރާނުން މިހާތަނަށް ތެޔޮ އަޅާ 7 ތެޔޮ ބޯޓު ހަލާކުކޮށްލާފައިވެއެވެ. (ތަސްވީރުން ފެންނަނީ 5 ބޯޓެވެ).
• މަތިންދާ ބޯޓު އުފުލާ އެމެރިކާ މަނަވަރު ލިންކަން އަށް ހަމަލާދީފައިވާ ކަމަށް ބުނެ އީރާނުން ވަނީ އޭގެ މަންޒަރުތައް އާންމުކޮށްފައެވެ. ވޮޝިންގޓަނުން އެކަން ދޮގުކުރެއެވެ. އެކަމަކު އެއަށް ކުޑަވަރެއްގެ ހަމަލައެއް އަމާޒު ވުމަކީވެސް އެމެރިކާގެ އޮފު ކެނޑިގެންދާނެ ކަމެކެވެ.
• މިއަދު ހެނދުނާ ހަމައަށް، އީރާނާ 700 ކިލޯމީޓަރު ކައިރީގައި އެމެރިކާގެ އެއްވެސް މަނަވަރެއް ފެންނާކަށެއް ނެތެވެ.


• އީރާނުން އެމެރިކާގެ ހުރިހާ އެއްގަމު ބޭސްތަކެއް ހަލާކުކޮށްލާފައިވެއެވެ. އެމެރިކާގެ ފައިޓަރު ޖެޓުތަކުން 1500 ކިލޯމީޓަރުގެ ދަތުރެއް ކުރަންޖެހޭއިރު، އޭގެ އުދުހުމުގެ ރޭޑިއަސް އަކީ 1,200 ކިލޯމީޓަރެވެ.

• ވައްޓާލެވުނު އެމެރިކާގެ ހުރިހާ ފައިޓަރު ޖެޓުތަކެއް ހުރީ އީރާނުގެ ބޯޑަރުތަކުގައެވެ.
• މީގެ ސަބަބުން އެމެރިކާގެ ގުދަނުން ހަތިޔާރުގެ ރިޒާވް ހުސްވަމުންދަނީއެވެ.
• މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގައި ހުރި އެމެރިކާގެ ދުރު ރާސްތާގެ ހުރިހާ ރޭޑާރުތަކެއް އީރާނުން ވަނީ ހަލާކުކޮށްލާފައެވެ.
• މިހާރު ރޭޑާއަށް ނާރައި އީރާންގެ މިސައިލްތައް 1500 ކިލޯގެ ވޯހެޑްތަކާއެކު އަންނަނީ މަދު މިނެޓުކޮޅެއްގެ ތެރޭގައެވެ. އެހެންވެ އިސްރާއީލުން ޖަހާ މަރުގެ ރަނގަބީލަށްވެސް މިހާރު ނުގުޑައެވެ. މައިންނާއި ދަރިން ދިރިއުޅެމުންދަނީ ބިންގަރާސްތަކުގައެވެ. ތެލްއަވީވާއި އެހެން ސިޓީތައް ވަނީ ބިމާ ހަމަކޮށްލެވިފައެވެ. ޣައްޒާގެ މަންޒަރުތައް އެ ސިޓީތަކުން ފެންނަމުން ދެއެވެ.
• އީރާން މިސައިލަށް ހުރަސް އަޅާ އިސްރާއީލުގެ އިންޓަރސެޕްޓަރު މިސައިލްތަކުގެ ރިޒާވް ގާތްގަނޑަކަށް ހުސްވެއްޖެއެވެ. ރޭގަނޑުގެ އުޑުމަތިން އޭގެ އެއްޗެއް ފޮނުވާލާ މަންޒަރު މިހާރު ފެންނަނީ މަދު ފަހަރެއްގައެވެ.
• އަބަދުވެސް ދިމާވާގޮތަށް، އިސްރާއީލަށް ނުއުފުލޭވަރުގެ ބޮޑު ބުރައެއް އެ ގައުމުން ވަނީ މި އުދުވާނުގައި އުފުލާފައެވެ. އަދި އަބަދުވެސް ވޮޝިންގޓަނުން އެ ގައުމު ސަލާމަތްކޮށްދޭން ޖެހެއެވެ. މިހާރު އެމެރިކާވެސް ނޭޓޯއަށް ސަލާމަތަށް އެދި ގޮވުމުން އެމީހުންވެސް އިޖާބައެއް ނުދިނެވެ.
• ނަމަވެސް، މި ހަނގުރާމަ ފެށުމުގެ މާ ކުރިން ރަޝިޔާއިން ވަނީ ތަޅައިތަޅައި ޔޫކްރޭނު ގައި އެމެރިކާގެ މިސައިލް ރިޒާވް ހުސްކޮށްލާފައެވެ.
• މިއީ ބަލަން ތިބެންވީ ވަގުތެވެ.

ތެލުގެ އަގު އުފުލުމުގެ ސަބަބުން ރަޝިޔާއަށް ޔޫކްރޭން ގައި ލިބުނު ގެދއްލުމުގެ ބަދަލާއި ހަނގުރާމައިގެ ޚަރަދުތައް އަނބުރާ ލިބިދާނެ ކަމަށް ބެލެވެއެވެ. ޗައިނާ ކުރިއަރައިދަނީ އަބަދުވެސް އަމަލުކުރާ ގޮތަށް، އެއްޗެއް ނުބުނެ އަދި އެއްވެސް ކަމެއް ނުކޮށް މަޑުން އޮވެގެންނެވެ.

ހިއްސާ ކުރައްވާ!