އެމީހުން ސައްލާކުރަން ތިބެގެން ބޯ ރަލަށް ބިލް ދައްކަނީ ތިޔަބައި މީހުން!

ޑޭވިޑް މިލަރ އަކީ ޒަޔަނސިްޓުންނާ ދެކޮޅުވެރި ޕްރޮފެސަރެކެވެ. ޒަޔަނިސްޓުން ވަނީ ބާރުއަޅައިގެން ބްރިސްޓަލް ޔުނިވަސިޓީގެ ވަޒީފާއިން އޭނާ ވަކިކޮށްފައެވެ. ތިރީގައި މިވާ ލިޔުން ޑޭވިޑް މިލަރ ލިޔުއްވީ، ޓްރަމްޕްގެ ބަޔާނަކަށް ރައްދެއް ދެއްވުމުގެ ގޮތުން އަރަބިންނަށް ހާލަތު ވިސްނައި ދެއްވުމުގެ މަގްސަދުގައެވެ. ޓްރަމްޕް ވިދާޅުވީ "އަރަބި ގައުމުތަކަށް ހަމަލަ އަމާޒުވިއަސް އެއީ ބަލަން ޖެހޭ ކަމެއް ނޫނެވެ. އަހަރެން ކުރީ (އީރާނަށް ހަމަލަ ދިނުން) އަހަރެން ކުރަން ޖެހޭ ކަމެކެވެ!"

މިކަމާ ގުޅިގެން ޑޭވިޑް މިލަރ ލިޔުއްވައެވެ!

********

ވޭތުވެދިޔަ 50 އަށްވުރެ ގިނަ އަހަރު ދުވަހު، ގަލްފުގެ ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކުގެ ސަލާމަތާއި، އުމްރާނީ ތަރައްގީއާއި، އިސްރާފުކުރުމުގެ އާދަތަކާއި، އަދި ދާދި ފަހުން އެ ގައުމުތަކުގެ އިޖުތިމާއީ އަޚުލާގުވެސް، މޮޔަކަމާއެކު "ބޮޑު ޝައިތާނާ" އާ ގުޅުވާލާފައެވެ. އެއީ އިސްލާމްދީން ދުނިޔެއިން ފޮހެލައި، އޭގެ ބަދަލުގައި މާއްދީ ދަހިވެތިކަމާއި މޮޔަކަން ފެތުރުމަށް މަސައްކަތްކުރާ އެމެރިކާގެ އިސްތިއުމާރީ އަދި ނަސްލު ނައްތާލުމުގެ މަޝްރޫއުގފެ ބައެކެވެ.

އީރާންގެ ކުރީގެ ލީޑަރު ސައްޔިދު ޚާމަނައީ ވަރަށް ރަނގަޅަށް ފާހަގަކުރެއްވި ފަދައިން، އެމެރިކާގެ އެ އިސްތިއުމާރީ މަޝްރޫއު ވަނީ މާ ކުރިންވެސް ޒަޔަނިސްޓުންގެ ބާރުގެ ދަށަށް ގޮސްފައެވެ.

އެމެރިކާއާއި ޒަޔަނިސްޓް އެމްޕަޔަރާއެކު ސަލާމަތްތެރިކަން ހޯދުމަށް މަސައްކަތްކޮށް، އެ މަގުގައި އެތައް ޓްރިލިއަން ޑޮލަރެއް ބޭކާރު ކުރުމުގެ ބަދަލުގައި، އީރާނާއި، ޕާކިސްތާނާއި، މޮރިޓޭނިއާއާއި، އަފްޣާނިސްތާނާއި އަދި އަލްޖީރިއާ ފަދަ ގައުމުތަކުގައި އިންވެސްޓްކޮށްގެން، އެއްހާސް އަހަރަށްވުރެ ގިނަ ދުވަސްވީ ގުޅިފައިވާ ތަރިކައެއްގެ މައްޗަށް ބިނާވެފައިވާ އާ ފާގަތި އިސްލާމީ ހަޟާރާތެއް ގަލްފުގެ ގައުމުތަކަށް ބިނާކުރެވުނީހެވެ.

ޖެރަޑް ކުޝްނާގެ ޔަހޫދީ "ޗަބާޑް" ފުޅާކުރުމަށް އަރަބިން ފައިސާ، ހޭދަކޮށް އިންވެސްޓް ކުރި "އެފިނިޓީ ޕާޓްނާސް" ގައި އިންވެސްޓު ކުރުން ހުއްޓާލާށެވެ.

ނިއުޔޯކުގައި ތިބެގެން، ތިޔަ އަރަބި މީހުންގެ ތެލާއި ގޭހުގެ ފައިސާއިން ފަލަސްތީނު އިސްތިއުމާރު ކުރުމަށް އެމީހުންގެ ދަރިން ފޮނުވާ ހަރުކަށި ޔަހޫދީ ފަންޑު މެނޭޖަރުން ތިޔަ ގައުމުތަކުން ބޭރުކޮށްލާށެވެ.

ލަންޑަނާއި، ޕެރިހާއި، ޖެނީވާއާއި މިއާމީން ވަކިވާށެވެ.

އަހަރެންގެ ބަސް ގަބޫލުކުރާށެވެ! އަހަރެން މިއީ ދޮން ނަސްލުގެ މީހަކީމެވެ! އެމީހުން ތިޔަބައިމީހުންދެކެ ރުޅިއާދެއެވެ! އަދި ތިޔަބައިމީހުންނަކީ އެމީހުންގެ "ކްލަބް" ގެ ބައެއް ނޫނެވެ. ތިޔަބައިމީހުން ތިޔަ ކުރާ ކަމަކީ އެމީހުން ސައްލާކުރަން ތިބެގެން ބޯ ރަލަށް ބިލް ދެއްކުމެވެ. ތިޔަބައިމީހުންނަށް ދުވަހަކުވެސް އެމީހުންގެ އެ ކްލަބަކަށް ނުވަދެވޭނެއެވެ.

ތިޔަބައިމީހުންގެ އަމިއްލަ އުންމަތާއި، އަމިއްލަ މުޖުތަމައުތަކާއި، އަދި ތިޔަބައިމީހުންގެ އަމިއްލަ ރައްޔިތުންގެ މަސައްކަތުން މަތިވެރި ހަޟާރާތެއް ބިނާކުރާށެވެ.

ހަމަދު ބިން ޖާސިމް ވިދާޅުވާ ފަދައިން، އީރާނުގެ ކިބައިން ހިތްވަރު ލިބިގަންނާށެވެ. ނަމަވެސް އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބަދަލުގައި، އެ ގައުމާއެކު މަސައްކަތް ކުރާށެވެ. މަޒްހަބީ ތަފާތުކުރުމަކީ ޒަޔަނިސްޓުންގެ ވަފާތެރި ޚާދިމެކެވެ.

އީރާނުން ތިޔަބައިމީހުންނަށް މަޖުބޫރު ކުރަނީ މިނިވަންވުމަށެވެ. އެމީހުން އެދޭހާވެސް ކަމަކީ ތިޔަބައިމީހުންގެ އަމިއްލަ އިސްތިގުލާލެވެ. ކޮންމެ ދުވަހަކު ތިޔަބައިމީހުން ނިކަމެތިކޮށްލާ މީހުންގެ އަތުން އެ މިނިވަންކަން އަތުލުމުގެ ހިތްވަރު ތިޔަބައިމީހުންގެ ކިބައިގައި އެބަހުރި ހެއްޔެވެ؟ (ތަރުޖަމާއެއް)

ހިއްސާ ކުރައްވާ!