ނޫރާ ފަތުހީއާ ދެކޮޅަށް ފަތުވާއެއް ނެރެފި

ނޫރާ ފަތުހީ ފެންނަ ކޭޑީ ދަ ޑެވިލް ފިލްމުގެ މައްސަލަޖެހިފައިވާ ލަވައަކާ ގުޅިގެން، އަލީގަޅުގެ މުސްލިމް ޕާސަނަލް ދާރުލް އިފްތާގެ ޗީފް މުފްތީ މައުލާނާ އިބްރާހީމް ހުސައިން ފަތުވާއެއް ނެރެފިއެވެ. މުފްތީ މައުލާނާ އިބްރާހީމް ހުސައިން ވިދާޅުވީ، ސަންޖޭ ދަތާއި ނޫރާ ފަތުހީ ފެންނަ އެ ލަވައިގައި އިސްލާމީ އުސޫލުތަކާ ހިލާފު "ފާޅުކަން ބޮޑު" އަދި "ބަދުއަޚުލާގީ" މަންޒަރުތައް ހިމެނޭ ކަމަށެވެ. އޭނާ އެ ލަވައިގެ ކޮންޓެންޓް ސިފަކުރެއްވީ ހަރާމް އަދި "ބޮޑު ފާފައެއް) ގެ ގޮތުގައެވެ. އަދި މިފަދަ ކަންކަމުގައި ބައިވެރިވުމާއި އެ ތަކެތި އިޝްތިހާރު ކުރުމަކީ ދީނީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ފަތުވާ ނެރެފައިވަނީ އެ ލަވައިގެ ޅެމާއި ނެށުމުގެ ހަރަކާތްތަކަކީ ބަދުއަހުލާގީ ކަންތައްތަކެއް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، ޒުވާނުންނަށް މިކަމުން ކުރާނެ ނޭދެވޭ އަސަރާއި މުޖުތަމައަށް ކުރާނެ ނުފޫޒާ މެދު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، އާންމުންގެ ނުރުހުން އަމާޒުވުމާ ގުޅިގެން މަރުކަޒީ ސަރުކާރުން މިހާރު ވަނީ އެ ލަވަ މަނާކޮށްފައެވެ.

14 މާރިޗު 2026 ގައި ނެރުނު މި ލަވައަކީ ނޫރާ ފަތުހީ ކަންނަޑާ ސިނަމާއަށް ތައާރަފުވުމަށް އުފެއްދި ލަވައެކެވެ. 1970 ގެ އަހަރުތަކުގެ ޑާންސް ބާރެއްގެ ސިފަ ގެނެސްދީފައިވާ މި ލަވައިގައި، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. ނަމަވެސް، އެންމެ ބޮޑު ނުރުހުމެއް އަމާޒުވީ ލަވައިގައި ބެރެކި ކިޔާފައި ވުމުގެ ސަބަބުންނެވެ. ފިލްމު އުފެއްދި ފަރާތްތަކުން އެއީ މިސާލީ ބަސްތަކެއް ކަމަށް ބުނި ނަމަވެސް، ގިނަ ބަޔަކަށް އެ ބަސްމަގު ފެނުނީ ހުތުރު އަދި ފާޅުކަން ބޮޑު ހުތުރު ވާހަކަތަކެއްގެ ގޮތުގައެވެ.

މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް އިން ވަނީ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަނަށް އެ ލަވަ އަލުން މުރާޖައާ ކުރުމަށް އަންގާފައެވެ. ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނާއި ކަރްނާޓަކާ ސްޓޭޓް ކޮމިޝަން ފޯ ވުމަން އިން ވެސް ވަނީ މިކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. އަންހެނުންގެ ކޮމިޝަނުން ބުނި ގޮތުގައި އެ ލަވައަކީ އަންހެނުންގެ ގަދަރަށް އުނިކަން އަންނަ ލަވައެއް ކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން ފުރައްސާރަކުރުން އާންމުވެދާނެ ކަމަށެވެ.

މީގެ އިތުރުން، ބާރަތިޔާ ނިޔާޔާ ސަންހިތާ އަދި ޕޮކްސޯ ގާނޫނުގެ ދަށުން ގާނޫނީ ގިނަ ޝަކުވާތަކެއް ވަނީ ހުށަހަޅާފައެވެ. އެ ޝަކުވާތަކުގައި ބުނެފައިވަނީ ކުޑަކުދިންނަށް ފަސޭހައިން މި ލަވަ ފެންނަން ހުރުމަކީ މައްސަލައެއް ކަމަށެވެ.

މި ލަވައިގެ ހިންދީ ވާޝަން 'ސަރްކޭ ޗުނަރް' ލިޔުނު ރަގީބް އާލަމް ވަނީ މި މައްސަލައިން ބަރީއަވެފައެވެ. އޭނާ ބުނީ އޭނާ ކުރި ކަމަކީ ޑައިރެކްޓަރު ޕްރޭމް ލިޔެފައިވާ އަސްލު ކަންނަޑާ ޅެން ހިންދީ ބަހަށް ތަރުޖަމާ ކުރުން ކަމަށެވެ. އަދި ސެންސަރުގެ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ޓީމަށް ދީފައިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ޕްރޭމްގެ އަންހެނުން ރަކްޝިތާ ވަނީ މީގެ ކުރިން ބޮލީވުޑްގައި ނެރެފައިވާ 'ޗޯލީ ކޭ ޕީޗޭ' އަދި 'ޑްރީމަމް ވޭކަމަމް' ފަދަ ލަވަތަކަށް އިޝާރާތްކޮށް، ކޭޑީ ލަވައަށް އެކަނި އަމާޒުކޮށް ފާޑުކިޔަނީ ބޭއިންސާފުން ކަމަށް ބުނެ ލަވަ ދިފާއުކޮށްފައެވެ.

ނޫރާ ފަތުހީ ނެރުނު ވީޑިއޯ ބަޔާނެއްގައި ބުނީ ހިންދީ ވާޝަންގެ ޅެމުގައި ހުރި މައްސަލަތަކުގެ މައުލޫމާތު އޭނާއަށް އެނގިފައި ނުވާ ކަމަށެވެ. އޭނާ ކިޔައިދިން ގޮތުގައި އެ ލަވަ ކުޅުނީ މީގެ ތިން އަހަރު ކުރިން ކަންނަޑާ ބަހުން ކަމަށާއި، އޭނާ ބަރޯސާވީ ފިލްމު އުފެއްދި ފަރާތްތަކުން ދިން ތަރުޖަމާއަށެވެ.

ހިއްސާ ކުރައްވާ!