ހަނގުރާމަ ކުރިއަށް ގެންދަން ބޭނުންނަމަ އަރަބި ގައުމުތަކުން 5 ޓްރިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް ޓްރަމްޕް ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ގައުމުތަކުން ބޮޑު އަދަދެއްގެ ފައިސާ ޕެކެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. "ދަ ކްރޭޑްލް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް ދަނީ އަރަބި ގައުމުތަކުން ފައިސާ ހޯދުމަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

ޓްރަމްޕް ވަނީ މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ ކުރިއަށް ގެންދަން ބޭނުންވާ ނަމަ، އަރަބި ގައުމުތަކުން 5 ޓްރިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި ހަނގުރާމަ ހުއްޓާލަން ބޭނުންވާ ނަމަ، "ޑިސްކައުންޓެއް" ގެ ގޮތުގައި 2.5 ޓްރިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ޝަރުތުކޮށްފައެވެ.

މި މައުލޫމާތުތަކާ ގުޅިގެން ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ ޓްރަމްޕްގެ މި އަމަލަކީ ނިއުޔޯކްގެ މާފިއާ ގޭންގުތަކުން ކަންކަން ކުރާ އުސޫލުން ކުރާ ކަމެއް ކަމަށެވެ. އަދި އޭނާ ސިފަކޮށްފައިވަނީ ހަނގުރާމަތައް ކޮށްދޭ ގުންޑާ އެއްގެ ގޮތުގައެވެ. މީގެ ބޭނުމަކީ އިސްރާއީލަށްޓަކައި ހަނގުރާމައެއް ފަށައި، އޭގެ ސަބަބުން އަރަބި ގައުމުތައް ސުންނާފަތިވުމަށް ފުރުސަތު ދިނުން ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އަރަބި ގައުމުތަކާ ގުޅުމެއް ނެތް ހަނގުރާމައަކަށް އެ ގައުމުތަކުގެ އަތުން ފައިސާ އަތުލައި، އެ ފައިސާ އިސްރާއީލަށް ދިނުމަކީ އެމެރިކާގެ ރޭވުމެއް ކަމަށް ވެސް އެއްބަޔަކު ތުހުމަތު ކުރެއެވެ.

ހިއްސާ ކުރައްވާ!