އެމެރިކާއަކީ އޮއްސެމުންދާ ބޮޑު ބާރެއް: ހޯރްމުޒް ކަނޑުއޮޅީގެ ސަބަބުން އެމެރިކާގެ ބާރު ކެނޑިދާނެ ކަމުގެ އިންޒާރު

ވަނަ އަހަރު މިސްރުގެ އެއިރުގެ ރައީސް ޖަމާލް ޢަބްދުއްނާޞިރު މަންޝިއަތުލްބަކްރީގައި 1956ގައި ދެއްވި ތަޤްރީރުގައި ވިދާޅުވީ މިއަދުން ފެށިގެން ސުއޭސް ކެނަލް އަކީ މިސްރުގެ ތަނެއް ކަމަށެވެ. އަދި އެ ކެނަލްގައި އިނގިރޭސިންނަށް އެއްވެސް ބާރެއް އަދި ނުފޫޒެއް ނޯންނާނެ ކަމަށެވެ. އަދި އިނގިރޭސިން އެ ކެނަލުން ނަގަމުން ދިޔަ ފައިދާ ނެގުން މިއަދުން ފެށިގެން ހުއްޓުނީ ކަމަށެވެ.

އިނގިރޭސިންނަށް މނިކަން ގަބޫލެއް ނުޔކުރެވުނެވެ. އިނގިރޭސިން ފެށީ އިސްރާއީލާއި ފްރާންސާއެކު މިސްރަށް ވައިގެ މަގުން ހަމަލަދެމުން ހަނގުރާމައެކެވެ. ތިން ގައުމުން ބައިވެރިވި އުދުވާނުން ވެސް އިނގިރޭސިންނަށް ކުރިއެރުމެއް ނުލިބުނެވެ.

ޖަމާލު އަބްދުއްނާސިރުގެ ތަގްރީރާއެކު ދުނިޔތެ ބަދަލު ވެގެން ދިޔައީއެވެ.
އިނގިރޭސިންގެ ބާރު ކެނޑި ބޮޑު ބާރެއްގެ ހައިސިއްޔަތު ގެއްލިގެން ދިޔައީއެވެ.

އެމެރިކާއާއި ސޯވިއެޓް ޔޫނިއަންގެ ފިއްތުންތަކާ ހުރެ އިނގިރޭސިވިލާތަށް ފަހަތަށް ޖެހެން މަޖުބުރު ވިއެވެ. މީގެ ސަބަބުން އިނގިރޭސި ޕައުންޑްގެ އަގުވެއްޓި، އިސްތިއުމާރުކޮށްފައިވާ ގައުމުތައް މިނިވަންވެ، އެންމެ 20 އަހަރު ތެރޭގައި އިނގިރޭސިވިލާތަކީ އާދައިގެ ގައުމަކަށް ބަދަލުވެގެން ދިޔައެވެ.

މިއަދު ހުރުމުޒު ކަނޑު އޮޅިއާ ހެދި އެމެރިކާއަށްވެސް ވަނީ މިފަދަ ހާލެއް ޖެހިފައެވެ.
އެމެރިކާއަށް ހުރުމުޒު ކަނޑުއޮޅީގައި ނުފޫޒާއި ބާރު ވަނީ ގެއްލިފައެވެ. އީރާނު ވަނީ ހުރުމުޒުގެ ބާރަކަށް ވެފައެވެ.

ދުނިޔޭގެ ބޮޑެތި އެމްޕަޔަރުތަކުގެ ތާރީޚު ދިރާސާކުރައްވާ މަޝްހޫރު އިގްތިސާދީ މާހިރު ޕްރޮފެސަރު ރޭ ޑާލިއޯ ވިދާޅުވާ ގޮތުގައި، އެމެރިކާގެ ބާރު ކެނޑިގެން ދާނީ ހުރުމުޒުގައި އމެރިކާގެ ނުފޫޒު ގެއްލިގެން ދިއުމުންނެވެ. އޭނާ ވިދާޅުވަނީ ވަނީ މިހާރު އެމެރިކާއަށް ކުރިމަތިވެފައިވާ ހާލަތަކީ 1956 ވަނަ އަހަރު އިނގިރޭސިވިލާތަށް ކުރިމަތިވި ސުއޭސް ކެނަލްގެ މައްސަލައާ އެއްފަދަ ހާލަތެއް ކަމަސެވެ.

ސުއޭސް ކެނަލް އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތުމުން 200 އަހަރު ވަންދެން ދުނިޔޭގެ އެންމެ ބޮޑު ބާރަކަށް އިނގިރޭސިވިލާތް ވިއެވެ.

ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދަތުރުކުރަނީ ހުރުމުޒު ކަނޑުއޮޅިއަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، ކުވެއިތު އަދި އިރާގުގެ ތެޔޮ އެކްސްޕޯޓް ކުރާ މަގެވެ.
"މި ކަނޑުއޮޅި ބަންދުވެއްޖެނަމަ ދުނިޔޭގެ އިގްތިސާދު އެކަމުން ހުއްޓުމަކަށް އަންނާނެ،" ޑާލިއޯ ވިދާޅުވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ހުރިހާ މުދަލެއް އުފުލާ ހައިވޭއެއްގައި ހުރި ހަމައެކަނި ބޮޑު ދޮރާއްޓެއް ފަދަ ތަނެކެވެ. މިހާރު އެތަނުގެ ކޮންޓްރޯލް އޮތީ އީރާނުގެ އަތްދަށުގައެވެ.

ވޭތުވެދިޔަ 500 އަހަރުގެ ތެރޭގައި ކަން ހިނގާފައިވާ ގޮތާއި ތާރީޚު ދިރާސާކުރުމަށްފަހު ޑާލިއޯ ފާހަގަކުރެއްވަނީ، ބޮޑެތި ބާރުތައް ނެތިގެންދަނީ އެއްގޮތަކަށް ކަމަށެވެ.
އެއީ ވިޔަފާރީގެ މުހިންމު މަގަކަށް ކުޑަ ގައުމަކުން ގޮންޖަހައި، އެ މަގު ހުޅުވުމަށް ބޮޑު ބާރަށް ނުކުޅެދުމުންނެވެ.
އެ ހިސާބުން އެ ބޮޑު ބާރަށް އޮންނަ އިތުބާރު ގެއްލި، އެހީތެރިވާ ގައުމުތައް ވަކިވެ، ދަރަނި ބޮޑުވެ، ހައިބަތު ގެއްލި ބާރު ކުދަވެގެން ދެއެވެ. ޕޯޗުގަލް، ހޮލެންޑް އަދި އިނގިރޭސިވިލާތާ މެދުވެސް ކަންވެގެން ދިޔައީ މިފަދައިންނެވެ.

ޑާލިއޯ ވިދާޅުވި ގޮތުގައި އެމެރިކާ މިހާރު ވަނީ ދަރަނީގެ އަނދަވަޅެއްގައެވެ.
އަދި އަސްކަރީ ގޮތުންނާއި މާލީ ގޮތުން އެމެރިކާއަށް އޮތް ކޮންޓްރޯލް ގެއްލެމުންދާކަން ހާމަވާން ފެށުމުން، ބައިނަލްއަގުވާމީ މާލީ ނިޒާމުގައި އެމެރިކާ ޑޮލަރަށް އޮތް އިތުބާރު ކުޑަވަމުން ދެއެވެ. އެހެންވެ، ރަނުގެ އަގު ދަނީ އުފުލެމުންނެވެ.

"ބޮޑެތި ބާރުތައް ދަރަނިވެރިވެ، އަސްކަރީ ގޮތުން ނުކުޅެދުންތެރިކަން ފެންނަން ފެށުމުން، އެ ގައުމެއްގެ ފައިސާއަށް އޮންނަ ގަދަރު ކުޑަވެގެންދާނެ،" އެމެރިކާ ހުލިވަމުންދާ ގޮތާމެދު ލިޔުއްވި އޭނާގެ ދިރާސާ ނިންމާލަމުން ވިދާޅުވެފައިވެއެވެ.

ހިއްސާ ކުރައްވާ!