ޓްރަމްޕް ހެދި ދޮގެއް: ދުނިޔޭގެ ޗާޓުން އީރާން ފޮހެލައިފިން!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ދުނިޔޭގެ ޗާޓުން އީރާން ފޮހެލާފައިވާ ކަމަށް ވިދާޅުވެ، ހަގީގަތާ ހިލާފު ބޮޑު ދޮގެއް ހައްދަވައިފިއެވެ. އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ، އޭނާގެ އަމާޒުތައް ކަނޑައެޅިފައިވާ ތާވަލަށްވުރެ ހަފްތާތަކެއް ކުރިން ހާސިލްކުރެވިފައިވާ ކަމަށެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، އީރާނުން އެމެރިކާއާއެކު އެއްބަސްވުމަކަށް އަންނަން ބޭނުންވި ނަމަވެސް، އޭނާ އެކަމަށް ބޭނުންފުޅު ނުވާ ކަމަށެވެ. މިއީ އީރާނުގެ މަސްރަހާ ގުޅޭގޮތުން ޓްރަމްޕް ދެއްވި ވަރުގަދަ އަދި އެހާމެ އޮޅުންބޮޑު ބަޔާނެކެވެ.

އީރާނުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އީރާނުގެ ލީޑަޝިޕް މިހާރު ވަނީ ނެތިގޮސްފައި" ކަމަށާއި، އެ ގައުމުގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ ބާރު މުޅިން ކެނޑިފައިވާ ކަމަށެވެ. އަދި މިވަގުތު އީރާނުގެ އެއްވެސް ދިފާއީ ބާރެއް ނެތް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެހެން ބުނިފަހުން އީރާނުން ވަނީ ޔަހޫދީންގެ ލޮލުން ނިދި ނިގުޅައިގެންފައެވެ.

މި ބަޔާނަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫން ކަން ފާހަގަކުރެއެވެ. އީރާނުގެ ދައުލަތް އަދިވެސް ދެމިއޮތްއިރު، ޓްރަމްޕްގެ މި ވާހަކަތަކަކީ ސިޔާސީ ގޮތުންނާއި ނަފްސާނީ ގޮތުން ދެއްކި ހޮޅި ވާހަކައެއްގެ ގޮތުގައި ބެލެވެއެވެ.

ހިއްސާ ކުރައްވާ!