އެމެރިކާގެ އަތުގައި ނެތް ފަދަ ކުރިއަރާފައިވާ ހަމަލާދޭ މިސައިލް ސިސްޓަމްތަކެއް އީރާނުގެ އަތުގައި އެބަހުރި ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓަރު ހާމަކުރައްވައިފިއެވެ. ރަޝިޔާއިން ބުނާ ގޮތުގައި މީގެ ތެރޭގައި މިހާތަނަށް އެއްވެސް ހަނގުރާމައެއްގައި ބޭނުންކޮށްފައި ނުވާ ވަރުގެ ފެންވަރު ރަނގަޅު މިސައިލްތައް ހިމެނެއެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ،
"އަޅުގަނޑުމެން މި ބުނާ ވާހަކައަކީ ތެދެއް. އެމެރިކާގައި ނެތް ފަދަ ހަމަލާދޭ މިސައިލް ސިސްޓަމްތައް އީރާނުގައި އެބަހުރި. އަދި މިހާތަނަށް ބޭނުންކޮށްފައި ނުވާ ވަރަށް ކުރިއަރާފައިވާ މިސައިލްތައް ވެސް އެބަހުރި،" ކަމަށެވެ. މީގެ އިތުރުން، ހަމައެކަނި އިސްރާއީލު ނޫން ކަމަށާއި، މުޅި މެދުއިރުމަތި އެއްކޮށް ސުންނާފަތިކޮށްލުމުގެ ގާބިލުކަން ލިބިފައިވާ މިސައިލްތަކުގެ ބޮޑު ރިޒާވެއް އީރާނުގައި އޮތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ރަޝިޔާއިން ވަނީ އެމެރިކާއާއި އިސްރާއީލުން މިހާރު ކުރަމުންދާ ޓެރަރިސްޓް ހަމަލަތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކަކީ ނާކާމިޔާބު ކަމެއްގެ ގޮތުގައި އިއުލާން ކުރުމަށް ވެސް ރަޝިޔާއިން ވަނީ ބާރުއަޅާފައެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓަރު އިތުރަށް އިންޒާރު ދެއްވި ގޮތުގައި، މި ހަނގުރާމަ ހުއްޓާނުލައި ކުރިއަށް ގެންގޮސްފި ނަމަ، ލިބޭނެ ގެއްލުންތަކަކީ ހީވެސް ނުކުރާ ފަދަ ބޮޑު ހައިރާންކަމެއް ލިބޭނެ ފަދަ ގެއްލުންތަކަކަށް ވާނެއެވެ.




