އީރާންގެ ރިވޮލިއުޝަނަރީ ގާޑްސް: ޓްރަމްޕްގެ މަކަރުވެރި އަމަލުތަކުގެ ސަބަބުން ހަނގުރާމައިގެ މައިދާނަށް އޮތް ސަމާލުކަން ކުޑައެއް ނުވާނެ
- ވައުދުއް ސާދިގ4ުގެ 77 ވަނަ ރާޅުގައި އަހަރެމެން ބޭނުންކުރީ އަމާޒަށް ސީދާވާ، ނުހަނު ބަރު "ޚައިބަރު ޝަކަން" މިސައިލާއި އަމިއްލައަށް ގޮވާލާ ޑްރޯންތަކެވެ.
– އެމެރިކާގެ މަކަރުވެރި ރައީސްގެ ދެފުށް ދެގޮށް އަދި ފުށުއަރާ ވާހަކަތަކުން، ހަނގުރާމައަށް އޮތް އަހަރެމެން ދޭ ސަމާލުކަން ކުޑައެއް ނުވާނެއެވެ.

އީރާނުގެ އިސް އޮފިޝަލަކު: ހޮނިހިރު ދުވަހު ގާލީބާފްއާ ބައްދަލުކުރުމަށް ވޮޝިންޓަނުން އެދިފައިވޭ، ތެހެރާނުން އެކަމަށް އަދި ޖަވާބެއް ނުދޭ
އީރާނުގެ އިސް އޮފިޝަލަކު ރޮއިޓާސްއާ ވާހަކަ ދައްކަމުން ބުނީ:
- އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފްއާ ހޮނިހިރު ދުވަހު ބައްދަލުކުރުމަށް ވޮޝިންޓަނުން އެދިފައިވީ ނަމަވެސް، ތެހެރާނުން އެެކަމަށް އަދި ވަކި ޖަވާބެއް ނުދޭ ކަމަށެވެ.
– މަޖިލީހުގެ ރައީސާ ބައްދަލުކުރުމަށް އެމެރިކާއިން އެދުނު މައްސަލަ މުރާޖައާ ކުރާނީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ކަމަށައި އެކައުންސިލުން އަދި އެކަން މުރާޖައާއެއް ނުކުރެއެވެ.
އީރާނުގެ ގާނޫނުހ ހަދާ މަޖިލީހުގެ ރައީސް ވިދާޅުވަނީ: ވޮޝިންޓަނާއެކު އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުގެންދާ ކަމަށް؛
އީރާނުގެ މަޖިލީހުގެ ރައީސް ގާލިބާފް ވިދާޅުވީ:
- – އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ގެންގޮސްފައެއް ނުވާނެ ކަމަށެވެ.
-ޓްރަމ،ްޕް އޮޅުވާލުމަށް ދޮގު ޚަބަރުތައް އުފައްދައި ފަތުރަނީ މާލީ ބާޒާރުތަކާއި ތެލުގެ ބާޒާރަށް ނުފޫޒު ފޯރުވައި، އެމެރިކާއާއި އިސްރާއީލު ތާށިވެފައިވާ ދަތި ހާލަތުން ސަލާމަތްވުމަށެވެ.
– އަހަރެމެންގެ ރައްޔިތުން އެދެނީ އުދުވާން ހިންގާ މީހުންނަށް އަދަބު ދިނުމަށެވެ. އަދި މި މަގްސަދު ހާސިލުކުރުމަށް އަހަރެމެންގެ އޮފިޝަލުން ތިއްބެވީ އީރާނުގެ މުރުޝިދު އާޔަތުﷲ މުޖުތަބާ ޚާމަނާއީއާއެކު ސާބިތުކަމާއެކީގައެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ މަސްދަރެއް: ތެހެރާނާއި ވޮޝިންޓަނާ ދެމެދު މެސެޖުތައް ބަދަލުކުރުމުގެ މަސައްކަތް އިސްލާމްއާބާދުން ކުރަމުންދަނީ:
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ މަސްދަރެއް ބުނަނީ:
- – ވޮޝިންޓަނާއި ތެހެރާނާ ދެމެދު ނުސީދާ ގޮތެއްގައި މެސެޖުތައް ބަދަލުކުރުމުގެ މަސައްކަތް އިސްލާމްއާބާދުން ދަނީ ކުރަމުން ކަމަށެވެ.
– ކުރިއަށް އޮތް ތަނުގައި ބާއްވާ މަޝްވަރާތައް ބޭއްވުމަށް އިސްލާމްއާބާދު އިޚްތިޔާރު ކުރުމަށް ތެހެރާނާއި ވޮޝިންޓަނަށް ބާރުއެޅުމަށް އަހަރެމެން މަސައްކަތް ކުރަމުންދަމެވެ. - ޕާކިސްތާނަކީ އީރާނުން އެހާ ބޮޑު އިތުބާރެއް ބަހައްޓާ ގައުމެއް ނޫނެވެ.
- މި ވާހަކަތައް އަިއސްފައި ވަނީ އީދު ތަހުނިޔާއާއި ނައުރޯޒް ތަހުނިޔާ ދެންނެވުމަށް ޕާކިސްތާން ބޮޑު ވަޒީރު އީރާންގެ ރައީސް ޕަޒަކްޝިއަންއަށް ފޯނުން ގުޅުއްވި ފަހުންނެވެ.
- އާދަތޔާ ޚިލާފގް އިތުރު ވާހަކައެއް ދެކެވުނު ކަމަށް ދެ ފަރާތުން އިއުލާން ކޮށްފައެއް ނުވެއެވެ.
އީރާނުން ބުނަނީ މަޝްވަރާ ކުރުމަށް އެމެރިކާއިން އެދިފައިވާ ކަމުގެ މެސެޖުތައް އެކުވެރި ގައުމުތަކުން ލިބިފައިވާ ކަމަށް:
- އިރްނާ ނިއުސް އެޖެންސީން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނާ ހަވާލާދީ ބުނެފައި ވަނީ:
- – އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުގެންދަމުއެވެ.
– މަޝްވަރާ ކުރުމަށް އެމެރިކާއިން އެދިފައިވާ ކަމުގެ މެސެޖުތައް އެކުވެރި ގައުމުތަކުގެ ފަރާތުން އަހަރެމެންނަށް ވަނީ ލިބިފައެވެ.
– އަހަރެމެންގެ އަސާސީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މެސެޖުތަކަށް ވާނީ އެކަށީގެންވާ ޖަވާބު ދީފައެވެ.
– އަހަރެމެންގެ އުމްރާނީ ވަސީލަތްތަކަށް ދޭ އެއްވެސް ހަމަލާއެއްގެ ނަތީޖާ ވަރަށް ހިތްދަތިވާނެ ކަމުގެ އިންޒާރު އަހަރެމެންގެ ޖަވާބުތަކުގައި ދީފައި ވާނެއެވެ.
– ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށްދޭ ކޮންމެ ހަމަލާއަކަށް ވަގުތުން، ހަރުކަށި އަދި ނަތީޖާ ހާސިލު ކުރަނިވި ރައްދެއް ދޭނެކަމުގެ ޔަގީންކަން އަހަރެމެން ދީފައިވާނެއެވެ.
– އަހަރެމެންގެ މައްޗަށް މަޖުބޫރުކޮށްފައިވާ މި 24 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ވޮޝިންޓަނާއެކު އެއްވެސް މަޝްވަރާއެއް ހިނގާފައެއް ނުވާނެއެވެ.
– ހުރުމުޒް ކަނޑުއޮޅިއާ މެދު އަހަރެމެންގެ މަގާމާއި ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކަކަށް ބަދަލެއް ނާދެއެވެ.
އިސްރާއީލުގެ އޮފިޝަލަކާ ހަވާލާދީ އެކްސިއޯސް އިން ބުނަނީ ޓްރަމްޕް ދައްކާ ވާހަކަތަކުން ހައިރާން ވެއްޖެ ކަމަށް:
އެކްސިއޯސް އިން އިސްރާއީލުގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ، ތެހެރާނާއި ވޮޝިންޓަނާ ދެމެދު ހިނގަމުންދާ ނުސީދާ މުއާމަލާތްތަކުގެ މައުލޫމާތު އިސްރާއީލަށް އެނގޭ ކަމަށެވެ.
ނަމަވެސް "ޓްރަމްޕްގެ ވާހަކަތަކާއި ކަންކަން ހިނގައިދިޔަ ކަމަށް ބުނާ އަވަސް މިނުން އަހަރެމެން ހައިރާންވެއްޖެ" ކަމަށް އޭނާ ބުންޏެވެ.
ޚުލާސާ:
އީރާނާއެކު ވާހަކަ ދައްކާ ކަމަށް ބުނަނީ އިގްތިސާދީ ގޮތުން ތެލުގެ ބާޒާރަށް އޮޅުވާލުމަށް.
އީރާންގެ މަސްރަހު ބައިބައި ކޮށްލައި ބަލިކަށި ކޮށްލައި އެމެރިކާގެ ބާރު އޮތް ކަން ދެއްކުމަށް.
އީރާންގެ ލީޑަރު މުޖުތަބާގެ ބަދަލުގައި އެހެން ފަރާތްތަކާ އެމެރިކާއިން ވާހަކަ ދައްކާ ކަން ދައްކައި ދޭން
އެމެރިކާއަށް އީރާނުން ދީފައިވާ އިންޒާރުން ދުނިތެ ކަސިޔާރުކޮށްލުމަށް!
އީރާނުން ބުނަނީ ތްރަމްޕަކީ ބަސް ގަބޫލުކުރަން ހެޔޮ ނުވާ ދޮގުވެރި ޣަަދަރުވެރި ފާސިގެއް ކަމަށް




