އިންޑިއާގެ 2026-27 ވަނަ އަހަރުގެ ބަޖެޓްގައި އިންފްރާސްޓްރަކްޗާ އާއި ދިފާއީ ދާއިރާއަށް ބޮޑު އިސްކަމެއް ދީފައި ވެއެވެ.
- ކެޕިޓަލް އެކްސްޕެންޑިޗާ ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދަ 9 އިންސައްތަ އިތުރުކޮށް، 12.2 ޓްރިލިއަން ރުޕީސް އަށް ވަނީ މަތިކޮށްފައެވެ. މީގެ ތެރޭގައި މަގުތަކާއި، ބަނދަރުތަކާއި ރޭލްވޭގެ މަޝްރޫއުތައް ހިމެނެއެވެ.
- ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ދިފާއީ ދާއިރާއަށް ކުރާ ހޭދަ ވަނީ 20 އިންސައްތަ އިތުރުކޮށްފައެވެ.
ސެމީކޮންޑަކްޓަރ، ޓެކްސްޓައިލްސް އަދި ޑޭޓާ ސެންޓަރުތައް ހިމެނޭހެން 7 މުހިންމު ދާއިރާއަކުން އުފެއްދުންތެރިކަން އިތުރުކުރުމަށް ބަޖެޓުގައި ވަނީ ރާވާފައެވެ.
- ސެމީކޮންޑަކްޓަރުގެ ދެވަނަ މިޝަނަކަށް 436 މިލިއަން ޑޮލަރު ކަނޑައަޅާފައި ވެއެވެ.
- އިންޑިއާގައި ޑޭޓާ ސެންޓަރުތައް ގާއިމުކުރާ ބޭރުގެ ކްލައުޑް ކުންފުނިތަކަށް 2047 ވަނަ އަހަރާ ހަމައަށް ޓެކްސް ފްރީ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ.
އާންމުންގެ އާމްދަނީން ނަގާ ޓެކްސްއަށް މިފަހަރު އެއްވެސް ލުޔެއް ދީފައެއް ނުވެއެވެ. ނަމަވެސް، އެކްސްޕޯޓް ކުރާ ބައެއް ބާވަތްތަކާއި ލިތިއަމް-އަޔަން ބެޓެރި ފަދަ ތަކެތި އުފެއްދުމަށް ބޭނުންވާ ސާމާނުން ނަގާ ކަސްޓަމްސް ޑިއުޓީއަށް ވަނީ ލުއިތަކެއް ދީފައެވެ. ސަރުކާރުން ބުނާ ގޮތުގައި މިދިޔަ އަހަރު ގެނައި ޓެކްސް އިސްލާހުތަކުގެ ސަބަބުން އިތުރު ލުއިތަކެއް ދެވެން ނެތީއެވެ.
މި ބަޖެޓާއެކު އިންޑިއާ ސަރުކާރުން ވަނީ ދަރަނި މެނޭޖްކުރުމުގެ އާ ސިޔާސަތެއް ތައާރަފްކޮށްފައެވެ.
- 2030-31 ވަނަ އަހަރާ ހަމައަށް ދަރަނި ހުންނަ ނިސްބަތް 56 އިންސައްތައިން 50 އިންސައްތައަށް ދަށްކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
- ފިސްކަލް ޑެފިސިޓް 4.4 އިންސައްތައިން 4.3 އިންސައްތައަށް ކުޑަވާނެ ކަމަށް ލަފާކށްފައި ވެއެވެ.






