އެމެރިކާގެ 50 ހާސް ސިފައިން ގަލްފްގައި އެބަތިބި

މެދުއިރުމަތީގައި އެމެރިކާގެ 50،000 އަށްވުރެ ގިނަ ސިފައިން އެބަތިބި ކަމަށް ސެންޓްކޮމް އިން ބުނެފި އެވެ. އެމެރިކާގެ ބަހާއި އަމަލާ ދިމަލެއް ނުވެއެވެ. މިއީ ގަލްފްގެ އަރަބި ގައުމުތަކުގައި އެމެރިކާގެ އަސްކަރީ ބާރުވެރިކަން އިތުރުކުރުމުގެ މަސައްކަތެކެވެ. އަދި މިއިން އަރަބި ގައުމުތައް ނުރައްކަލަށް ހުށަހެޅޭނެއެވެ.

އަދިވެސް އިތުރު އެތައް ހާސް ސިފައިންނެއް ފޮނުވުމަށް އެމެރކާ ވަނީ ހަމަޖައްސާފައެވެ. ސެންޓްކޮމް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މިހާރު އެކި ގޮތްގޮތުން އެ ސަރަހައްދުގައި 50،000 އަށްވުރެ ގިނަ ސިފައިން އެބަތިއްބެވެ.

މީގެ ތެރޭގައި ހަނގުރާމަމަތީ 200 މަތިންދާބޯޓާއި، ދެ އެއާކްރާފްޓް ކެރިއަރު ހިމެނެއެވެ. މީގެ އިތުރުން، އެންމެ ފަހުން މި ފައުޖާ ގުޅުނު 82 ވަނަ އެއާބޯން ޑިވިޜަންގެ 1،000 ސިފައިން ވެސް ހިމެނެއެވެ.

ހަމައެއާއެކު، 5،000 މެރިންސް އާއި ފަޅުވެރިން ހިމެނޭ މެރިން އެކްސްޕެޑިޝަނަރީ ދެ ޔުނިޓެއް ވެސް ދަނީ އެ ސަރަހައްދަށް ދަތުރުކުރަމުންނެވެ. އެހެންކަމުން، އަނެއްކާވެސް މި ފެންނަނީ އެމެރިކާއިން ދެފުށް ދެގޮތް ސިޔާސަތެއް ގެންގުޅޭ މަންޒަރެވެ.

އެއްކޮޅުން 15 ނުކުތާގެ ހުށަހެޅުމެއް ކުރިއަށް ނެރެފައިވެއެވެ. އަނެއް ކޮޅުން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ހުށަހެޅުމެއް އޮތް ނަމަވެސް، ބާރުވެރިކަން ދައްކައި ނުރައްކާ ކުރަމުންވެސް ދެއެވެ.

އަރަބިންނަށް އެމެރިކާއަށް ނޫނެކޭ ބުނާކަށް ނުކެރެއެވެ.

ހިއްސާ ކުރައްވާ!