އެމެރިކާގެ ޑޮނަލްޑް ރައީސް ޓްރަމްޕް ވިދާޅުވަނީ އޭނާގެ ވެރިކަމުގައި މިހާތަނަށް 8 ހަނގުރާމައެއް ނިންމަވާފައިވާ ކަމަށެވެ. އަދި މިހާރު އީރާނާއެކު އޭނާ ފަށާފައިވާ ޓެރަރިސްތް ހަމަލާތަކުގައިވެސް ކުރިލިބެމުންދަނީ އެމެރިކާއަށް ކަމަށެވެ. މެދުއިރުމަތީގައި އެމެރިކާ ބަލިވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަކީ ފުލޯކު ވާހަކަތަކެއް ކަމަށާއި، އީރާނާ ދެކޮޅަށް މީގެ ކުރިން ނުފެންނަ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދާ ކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނުން މިހާރު ދަނީ އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް އާދޭސް ކުރަމުންނެވެ! ނަމަވެސް އީރާނުގެ ލީޑަރުން އެއްބަސްވުމެއްގައި ސޮއިކުރަން ފަސްޖެހެނީ އެ ގައުމުގެ ރައްޔިތުންގެ އަތުން ނުވަތަ އެމެރިކާގެ އަތުން މަރުވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ. އަދި އީރާނުގެ ރައީސްކަމުގެ މަގާމާ ހަވާލުވާނެ މީހަކު ވެސް މިހާރު އެ ގައުމުގައި ނެތި ލީޑަރުން އެއްކޮށް ހުސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއެވެ.

އީރާނުގެ ނިއުކްލިއާ ނުރައްކަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އީރާނުގެ ނިއުކްލިއާ ކެންސަރު" ނައްތާލުމަށް އަސްކަރީ ގޮތުން ނޫން ގޮތަކަށް އެމެރިކާއަށް އިޚްތިޔާރެއް ނެތް ކަމަށެވެ. އަދި މިހާރު އެ ނުރައްކާ ނައްތާލުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މީގެ އިތުރުން، އޭނާގެ ފުރަތަމަ ދައުރުގައި ގާސިމް ސުލައިމާނީ ޝަހީދުކޮށްލި ޓެރަރިސްޓް ހަމަލައަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި، އީރާނަށް އަދިވެސް އޭނާގެ ބަދަލުގައި އެހެން މީހަކު ހޯދިފައި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިުދާޅުވީ އީރާނަށް ދޭ ޓެރަރިސްޓް ހަމަލަތަކަށް "ހަނގުރާމަ" މި ލަފުޒު ބޭނުންކުރަން ބޭނުންފުޅު ނުވާ ކަމަށެވެ. އެއީ، އެކަމަށް ރަސްމީ ހުއްދަތަކެއް ބޭނުންވާތީ ކަމަށާއި، އޭގެ ބަދަލުގައި ބޭނުންކުރައްވާނީ "އަސްކަރީ އޮޕަރޭޝަން" މި ލަފުޒު ކަމަށެވެ.
އީރާނުގައި ހިނގަމުންދާ އަސްކަރީ ކަންކަމަކީ ކުރިއަށް އޮތް ދައުރުގެ މެދުތެރޭން ބާއްވާ އިންތިޚާބުގެ މުހިންމުކަން އެމެރިކާގެ ރައްޔިތުންނަށް ހަނދާންކޮށްދޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އިގްތިސާދީ ގޮތުން ކުރިމަތިވެދާނެ އަސަރުތަކާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، މި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށާއި ހިއްސާގެ ބާޒާރަށް އެއްވެސް އަސަރެއ ްކޮށްފައި ނުވާ ކަމަސެވެ. އަދި އަގުތަކަށް އަންނަ ބަދަލަކީ ކުރު މުއްދަތުގެ ކަމެއް ކަމަށާއި އެކަމާ މެދު މާ ބޮޑު ފަރުވާލެއް ނެތް ކަމަށެވެ.
ޓްރަމްޕަކީ ދެއުޅި އެއްނުވާ ވާހަކަތައް ދައްކައި އަމިއްލައަށް ޕްރޮޕެގެންޑާ ކޮށްއުޅޭ އަބަހައްދަ މުސްކުޅިއެކެވެ!






