އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) ގެ ދަށުން ހިންގާ ޚާތަމުލް އަންބިޔާ މަރުކަޒުން ބުނި ގޮތުގައި، ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާ ގުޅިގެން އިޒްރޭލުގެ އަސްކަރީ އަދި ސަލާމަތީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ.
ޚާތަމުލް އަންބިޔާ މަރުކަޒުން ހާމަކުރި ގޮތުގައި، މި ހަމަލާތައް ދީފައިވަނީ ހިޒްބުﷲ އާ އެކު ފުރިހަމައަށް ވިލަރެސްކުރެވިގެންނެވެ. މިގޮތުން އިޒްރޭލުގެ އަސްކަރީ އަދި ސަލާމަތީ މަރުކަޒުތަކަށް އަމާޒުކޮށް ވަޢުދުއް ޞާދިޤު4 ގެ 80 ވަނަ ރާޅުގެ ތެރޭގައި ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް އެ މަރުކަޒުން ބުނެއެވެ.
މީގެ އިތުރުން، އީރާނުގެ ސިފައިން ވަނީ އެމެރިކާގެ މަނަވަރެއް ކަމަށްވާ އަބްރަހަމް ލިންކަން އަށް އަމާޒުކޮށް އެއްގަމުން ކަނޑަށް ފޮނުވާލާ މިސައިލަކުން ވެސް ހަމަލާދީފައެވެ. މި ހަމަލާގެ ސަބަބުން އެ މަނަވަރު އޮތް ސަރަހައްދު ބަދަލުކުރަން މަޖުބޫރުވި ކަމަށްވެސް އީރާނުން ބުނެ އެވެ.






