އިންޑިއާއަށް ގޭސް ސަޕްލައިކޮށްދޭން އާޖެންޓީނާ ތައްޔާރު

އިންޑިއާއަށް ކުރިމަތިވެފައިވާ ކައްކާ ގޭސްގެ ދަތިކަމުން އަރައިގަތުމަށް، އެ ގައުމާ 20 ހާސް ކިލޯމީޓަރު ދުރުގައި އޮތް ދެކުނު އެމެރިކާގެ އާޖެންޓީނާއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އިންޑިއާއަށް ގޭސްގެ ތަދުމަޑުކަމެއް ރިމަތިވީ އިންޑިއާއަށް އެތެރެކުރާ އެލްޕީޖީގެ ގާތްގަނޑަކަށް 60 އިންސައްތަ ހިއްސާކުރާ ހުރުމުޒުގެ މަގު ބަންދުވުމާ ގުޅިގެންނެވެ.

އާޖެންޓީނާއަކީ ޒަޔަނިސްޓު ހާވިއާ މިލޭ ވެރިކަން ކުރާ ގައުމެވެ.

އިންޑިއާއިން ދަނީ އެ ގައުމަށް ބޭނުންވާ ކައްކާ ގޭސް މެދުކެނޑުމެއް ނެތި ލިބޭނެ ގޮތް ހެދުމަށްޓަކައި، މެދުއިރުމަތީގެ ބަދަލުގައި އެހެން ސަރަހައްދުތަކުން ގޭސް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!