އީރާނުގެ އަތުގައި ނިއުކްލިއާ ހަތިޔާރު ހުރިނަމަ އެތައް މިލިއަން އެމެރިކާ ރައްޔިތުންނެއް މަރައިލީސް: މާކޯ ރޫބިއޯ

އީރާނުގެ އަތުގައި ނިއުކްލިއާ ހަތިޔާރު ހުރިނަމަ، އެ ގައުމުން އެތައް މިލިއަން އެމެރިކާ ރައްޔިތުންނެއް މަރާލާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ. ރޫބިއޯ މިހެން ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސަތުގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ރޫބިއޯ ވަނީ ރައީސް ޓްރަމްޕަކީ އައު ޒަމާނުގެ މަސީހު ކަމަށް ބުނެ ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ގައުމުތަކުން އެމެރިކާގެ ރައީސުގެ ސުލްހަވެރިކަމަށްޓަކައި ޝުކުރުވެރިވާން ޖެހެއެވެ. އެއީ އީރާނާ ދެކޮޅަށް ފާޅުގައި ކުރިމަތިލައްވާނެ ވަރުގަދަ ރައީސަކު އެމެރިކާގައި ހުންނެވީތީ އެކަން އޭނާ ފާހަގަކުރެއްވިއެވެ.

އީރާނުގެ ނުރައްކަލާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، "އީރާނުގެ އަތުގައި ނިއުކްލިއާ ހަތިޔާރު ހުރިނަމަ، އެމީހުން މިލިއަނުން އެމެރިކާ ރައްޔިތުން މަރާލާނެ،" ކަމަށެވެ. މީގެ އިތުރުން އީރާނުގެ މިސައިލް ޕްރޮގްރާމަކީ މުޅި ސަރަހައްދަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މާކޯ ރޫބިއޯގެ މި ވާހަކަތަކަކީ އީރާނާ މެދު އެމެރިކާ ގެންގުޅޭ ސޮލީބީ ވިސްނުން ދައްކައިދޭ ވާހަކައެކެވެ.

ހިއްސާ ކުރައްވާ!