އެމެރިކާގެ ފަރާތުން ހުށަހެޅުންތަކެއް ލިބެމުންދާކަން ހާމަކުރައްވަމުން، ޓްރަމްޕްގެ ބަސްމަގު މިހާރު ބަދަލުވަމުންދާ ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މިއީ އެމެރިކާއަށް ކުރިމަތިވި ނާކާމިޔާބީގެ ހެއްކެއް ކަމަށެވެ.
އަރާގްޗީ ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން އެމެރިކާއިން އީރާނުގެ ކިބައިން އެދެމުންދިޔައީ އެއްވެސް ޝަރުތަކާ ނުލައި ހަތިޔާރު ބަހައްޓައި އަމާންދިނުމަށެވެ. ނަމަވެސް މިހާރު އެމެރިކާގެ ރޫހާއި ބަސްމަގު ބަދަލުވެފައިވާ ކަމަށާއި، މިއީ އެ ގައުމަށް ލިބުނު ބައްޔަށް އިއުތިރާފުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ހާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، އެމެރިކާއިން އެކި މެދުވެރިން މެދުވެރިކޮށް އީރާނަށް މެސެޖުތައް ބޮލާ ނުކުޅަދާ ވަރަށް ފޮނުވަމުންދާ ކަމަށެވެ. ނަމަވެސް މި މެސެޖުތައް ބަދަލުކުރުމަކީ ސީދާ މަޝްވަރާތަކެއް ނޫން ކަމަށާއި، އީރާނުން ބޭނުންވަނީ ހަނގުރާމަ ދާއިމީކޮށް ހުއްޓާލައި، ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އަވަށްޓެރި ގައުމުތަކަށް މެސެޖެއް ދެއްވަމުން އަރާގްޗީ ވަނީ އެމެރިކާއާ ދުރުހެލިވެ ތިބުމަށް ގޮވާލައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރަހައްދީ ހަމަޖެހުމަށްޓަކައި އެ ގައުމަށް ދައްޖާލު އެރިޔަ ދީގެން ނުވާނެ ކަމަށެވެ.






