އީރާނުގެ ހަނގުރާމައާ ގުޅޭގޮތުން އެމެރިކާ ބަލިވާ ކަމަށް ބުނެ ޚަބަރާއި ތަހުލީލު ގެނަސްދޭ އެމެރިކާގެ މީޑިއާއިން ދޮގު ކަބަރު ފަތުރަނީ ކަމަށް ޓްރަމްޕް ޕްރޮޕެގެންޑާ ކުރައްވައެވެ. އަދި "ދޮގު ޚަބަރު" ފަތުރާ މީޑިއާ ކުންފުނިތަކުގެ މައްޗަށް ދައުލަތަށް ޚިޔާނާތްތެރިވުމުގެ ދައުވާ އުފުލުމަށް ޓްރަމްޕް ރައީސް އަންގަވައެވެ. ޓްރަމްޕް މިކަން އިއުލާން ކުރެއްވީ މީޑިއާއިން ސޮލީބީ ހަނގުރާމައިގެ މަސްރަހު ރިޕޯޓްކުރަމުންދާ އިރު އޭނާގެ ނުކުޅެދުންތެރިކަމުގެ ވާހަކަ ގެނަސްދޭތީ ހިތްހަމަ ނުޖެހިގެންނެވެ.
މީގެ އިތުރުން، ޓްރަމްޕް ރުއްސުމަށްޓަކައި އެމެރިކާގެ ފެޑަރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) ގެ ވެރިޔާ ބްރެންޑަން ކާރް ވަނީ ބްރޯޑްކާސްޓަރުންނަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. ކާރް ވިދާޅުވީ ބްރޯޑްކާސްޓަރުން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކަބަރު ފަތުރަން ޖެހޭނެ ކަމަށެވެ. އެހެން ނޫންނަމަ އެ ފަރާތްތަކުގެ ލައިސަންސް ބާޠިލު ކުރެވިދާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ މީޑިއާއިން ތެދު ޚަބަރު ގެނަސްދީ ގައުމަށް ގެއްލުން ކުރަމުން ގެންދާ ކަމަށާއި މީޑިއާއިން އެ ފަތުރާ ތެދުކަމަށް ބުނާ ޚަބަރު ތަކަކީ އީރާނަށް ފަހިވާ ގޮތަށް ގެނަސްދޭ ދޮގު މައުލޫމާތު ކަމަށާއި އަދި އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައެވެ.
އެޕްސްޓީން ގޭންގްގައި ހިމެނޭ ޓްރަމްޕަކީ އެއް ޒަމާނެއްގައިވެސް މީޑިއާއާ ރަހުމަތްތެރި ބޭފުޅެއް ނޫނެވެ. މީޑިއާއިން ވަނީ އޭނާ އެޕްސްޓީން ގޭންގްގައި ބައިވެރިވެގެން އުމުރު ހަމަނުވާ އަންހެން ކުދިންނާ މައްލަވަ ކުރި ކަމުގެ ޚަބަރާއި ފޮޓޯއާއި ވީޑިއޯއާއި 30 އެތައް އަންހެނުންނެއް ރޭޕްކޮށްގެން ނިއުޔޯކުގައި އޭނާގެ މައްޗަށް ކުށް ސާބިތު ކުރި ޝަރިއަތް ގެނަސްދީފައެވެ.
ތްރަމްޕްގެ މި އިންޒާރުތަކާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީޑިއާގެ ލައިސަންސް ބާތިލްކުރާނެ ކަމުގެ އިންޒާރު ދިނުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.




