އީރާނުގެ ޕްލެޓްފޯމްތަކުގައި ޑޮނަލްޑް ޓްރަމްޕު ނައްތާލަން އަމާޒުކޮށް އޮންލައިން ކެމްޕޭނެއް ހިންގަނީ

މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަނިޔާވެރިވުމަށް ގޮވާލާ އޮންލައިން ކެމްޕޭނެއް އީރާނުގެ ބައެއް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދަނީ ފެތުރެމުންނެވެ. އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން އެކަމަށް ބަދަލު ހިފުމަށް ދޭ ރައްދެއްގެ ގޮތުގައި އިންތިޒާމުކުރާ މި ހަރަކާތް ފެނިފައިވަނީ އީރާނުގެ އެތެރޭގައި ބޭނުންކުރާ އެޕްތަކާއި، އެސް.އެމް.އެސް މެދުވެރިކޮށް ފޮނުވާ މެސެޖުތަކާއި، އަދި ހަމައެކަނި އީރާނުން ވަދެވޭ ވެބްސައިޓްތަކުގައެވެ.

އެމެރިކާއިން ވަނީ އީރާނުގެ ލީޑަރުން އަވަހާރަކޮށްލުމަށް މިފަދަ ކެމްޕޭނެއް ފަށާފައވެ. މިކަމުގެ އަސްލަކީ މިއީއެވެ. އެމެރިކާއިން އިސް ނެގި ނަމަވެސް މިފަދަ ކަންކަމަކީ ޓެރަރިޒަމާއި ޓެެރަރިޒަމަށް ހިތްވަރުފޭ އަމަލުތަކެވެ.

އަޅުގަނޑުމެން ދެކޭ ގޮތުގައި ގައުމުތަކުގެ ވެރިން އަވަހާރަކޮށްލުމަކީ ތެރަރިޒަމްގެ އަމަލެކެވެ.އ ަދި އެއީ ކުށްވެރި ކުރަން ޖެހޭ ކޮށްގެންވާނެ ކަމެއް ނޫނެވެ!

އޯޕަން ސޯސް އިންޓެލިޖެންސް ރިޕޯޓުތަކުން ދައްކާގޮތުގައި، "އިންޓަނޭޝަނަލް ޓްރަމްޕް އެސެސިނޭޝަން ރިވޯޑް ކެމްޕޭން" ގެ ނަމުގައި ހިންގާ މި ހަރަކާތް އީރާނުގެ ސޯޝަލް މީޑިއާގައި ދަނީ އިޝްތިހާރު ކުރަމުންނެވެ. މިކަން އިންތިޒާމުކުރާ ފަރާތްތަކުން ބުނާގޮތުގައި، އެމެރިކާގެ ރައީސަށް ހަމަލާއެއްދޭ ކޮންމެ މީހަކަށް އިނާމު ދިނުމަށްޓަކައި ފައިސާ ދަނީ އެއްކުރަމުންނެވެ.

މި ކެމްޕޭނާ ގުޅުންހުރި ދެ ވެބްސައިޓެއް 21 ފެބްރުއަރީ އަދި 8 މާރިޗު 2026 ގައި ރަޖިސްޓްރީކޮށްފައިވަނީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ވަރުގަދަވުމުގެ ދުވަސްކޮޅެއް ކުރިންނެވެ. 'ޗެކް-ހޯސްޓް'  މޮނިޓަރިންގް ޚިދުމަތުން ބެލިބެލުމުން އެނގުނުގޮތުގައި، މި ދެ ސައިޓަށްވެސް އީރާނުން ބޭރުގެ އެއްވެސް ގައުމަކުން ނުވަދެވެއެވެ.

ކެމްޕޭން އިންތިޒާމުކުރާ ފަރާތްތަކުން ބުނާގޮތުގައި 280,000 މީހުންގެ ތާއީދު އެމީހުންނަށް ލިބިފައިވާއިރު، 23 މިލިއަން އެމެރިކާ ޑޮލަރު ވަނީ އެއްކުރެވިފައެވެ.

އީރާނުގެ ކޮމިއުނިޓީ އެޕެއް ކަމަށްވާ 'ރުބީކާ' ގައި "ކިލް ޓްރަމްޕް" (ޓްރަމްޕް މަރާލާ) ގެ ނަމުގައި ޗެނަލެއް ހިންގާފައިވާއިރު، އޭގައި އެމެރިކާގެ ރައީސްގެ ފޮޓޯއެއްގެ މައްޗަށް އަމާޒު ގެ ނިޝާނެއް ޖަހާފައިވެއެވެ. އެ ޗެނަލްގައި 230,000 އަށްވުރެ ގިނަ ސަބްސްކްރައިބަރުން އެބަ ތިއްބެވެ.

އީރާނުގެ މެސެޖިންގް ޕްލެޓްފޯމެއް ކަމަށްވާ 'ބޭލް' ގައިވެސް ގާތްގަނޑަކަށް 2,000 މެންބަރުން ހިމެނޭ ކުޑަ ޗެނަލަކުން މިފަދަ ވާހަކަތައް ފަތުރާފައިވެއެވެ.

އީރާނުގެ ކޮމެންޓޭޓަރެއް ކަމަށްވާ ވަހީދު އޮންލައިން ހިއްސާކޮށްފައިވާ ސްކްރީންޝޮޓްތަކުން ފެންނަގޮތުގައި، އާންމު ރައްޔިތުންނަށް ފޮނުވާފައިވާ މެސެޖުތަކުގައި މި ކެމްޕޭނާ ގުޅުމަށާއި ފައިސާ ހަދިޔާކުރުމަށް ވަނީ ބާރުއަޅާފައެވެ. މި މެސެޖުތަކުގައި ކެމްޕޭނާ ގުޅޭ ވެބްސައިޓާއި އެޕް ޗެނަލްތަކުގެ ލިންކްތައް ހިމަނާފައިވާއިރު، މި ހަރަކާތަށް ދީފައިވާ ނަމަކީ "އިންޓަނޭޝަނަލް ކެމްޕޭން ފޯ ދަ ޓްރަމްޕް އެސެސިނޭޝަން ރިވޯޑް" އެވެ.

ޓެލެގްރާމްގައި ފެތުރެމުންދާ ޕޯސްޓަރުތަކެއްގައި ބުނާގޮތުން، އެމެރިކާގެ ރައީސަށް ހަމަލާއެއް ދޭ މީހަކަށް 100 މިލިއަން ޑޮލަރުގެ އިނާމެއް ދޭނެއެވެ. މީގެ އިތުރުން، އީރާނާ ގުޅުން އޮންނަ ހެކިންގް ގްރޫޕެއް ކަމަށްވާ 'ހަންޠަލާ' އިން ވަނީ ރައީސް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް އަމާޒުކޮށް 50 މިލިއަން ޑޮލަރުގެ އިނާމެއް އިއުލާނުކޮށްފައެވެ.

އެ ގްރޫޕުން ބުނިގޮތުގައި މިއީ އީރާނުގެ އައު އެންމެ މަތީ ވެރިޔާ މުޖްތަބާ ޚާމަނާއީ ހިމެނޭހެން އައި.އާރް.ޖީ.ސީ ގެ އިސްވެރިންގެ މައުލޫމާތު ހޯދުމަށް އެމެރިކާއިން ހުށަހަޅާފައިވާ 10 މިލިއަން ޑޮލަރުގެ އިނާމަށް ދޭ ރައްދެކެވެ.

ހިއްސާ ކުރައްވާ!