އެމެރިކާ ޑޮލަރުގައި ދެން ފެނިގެން ދާނީ ސުންޕާ ސޮޔެއް! ކާކުގެ ސޮޔެއް ބާ؟

މި ހިނގާ ހޫނު މޫސުމުން ފެށިގެން އެމެރިކާގެ ކަރުދާސް ފައިސާގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޮއި ހިމެނޭނެ ކަމަށާއި، މިއީ އެމެރިކާގެ ފައިސާގައި މަގާމުގައި ހުންނެވި ރައީސަކު ސޮއިކުރައްވާ ފުރަތަމަ ފަހަރު ކަމަށް ޓްރެޜަރީ ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ބުނެފިއެވެ.

އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރުމަށް ފަރުމާކޮށްފައިވާ މި ނޫޓުތަކުން، ވޭތުވެދިޔަ 165 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޔޫ.އެސް ޓްރެޜަރާގެ ސޮއި އުނިކުރެވޭނެއެވެ. ޓްރެޜަރާ އަކީ މާލީ ވަޒީރު ޓްރެޜަރީ ސެކްރެޓަރީއަށް ޖަވާބުދާރީވާ، އަދި ފައިސ ާކާޕު ކުރާ އިދާރާގެ އިތުރުން ޚަޒާނާގެ އެހެނިހެން މަސައްކަތްތައް ބަލަހައްޓާ ފަރާތެވެ.

ޓްރަމްޕްގެ ސޮޔާއި އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓްގެ ސޮއި ހިމެނޭ ފުރަތަމަ 100 ޑޮލަރުގެ ނޫޓުތައް ޖޫން މަހު ޗާޕުކުރަން ފަށާނެއެވެ. އަދި އޭގެ ފަހުން އަންނަ މަސްތަކުގައި އެހެނިހެން ނޫޓުތައް ވެސް ޗާޕުކުރެވޭނެއެވެ. މި އާ ނޫޓުތައް ބޭންކުތަކުގެ ތެރޭގައި ދައުރުވާން ފެށުމަށް މަދުވެގެން ހަފުތާތަކެއް ނަގާފާނެއެވެ.

ހިއްސާ ކުރައްވާ!