ތެހެރާންގައި ހުންނަ ޕާކިސްތާން އެމްބަސީ ކައިރިއަށް ދިން ހަމަލާއާ ގުޅިގެން ޕާކިސްތާނުން ވަރުގަދަ އިންޒާރެއް ދީފި

"އިޒްރޭލުން ހަނދާން ކުރަންޖެހޭނީ ޕާކިސްތާނަކީ ގަތަރެއް ނޫން ކަމެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އަޅުގަނޑުމެންގެ ޑިޕްލޮމޭޓުންނަށް ގެއްލުމެއް ލިބިއްޖެނަމަ، އެމީހުންނަށް ވަރުގަދަ ހަމަލާއެއް ދޭނަމެވެ." ޕާކިސްތާން

އިރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ ޕާކިސްތާން އެމްބަސީ އާއި ސަފީރުގެ ރަސްމީ ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އިޒްރޭލާއި އެމެރިކާއިން ގަސްތުގައި ވަރުގަދަ ހަމަލާއެއް ދިނުމުން، ޕާކިސްތާނުން އެކަމަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

ޕާކިސްތާން ސަރުކާރާ ގުޅުން އޮންނަ ޕާކިސްތާން ސްޓްރެޓީޖިކް ފޯރަމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިރާނުގައި ނުވަތަ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ޕާކިސްތާނުގެ ޑިޕްލޮމޭޓަކަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، "އިޒްރޭލުން ހަނދާން ކުރަންޖެހޭނީ ޕާކިސްތާނަކީ ގަތަރެއް ނޫން ކަމެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އަޅުގަނޑުމެންގެ ޑިޕްލޮމޭޓުންނަށް ގެއްލުމެއް ލިބިއްޖެނަމަ، އެމީހުންނަށް ވަރުގަދަ ހަމަލާއެއް ދޭނަމެވެ."

ބުރާސްފަތި ދުވަހު ތެހެރާންގެ މެދުތެރެއަށް ޔަހޫދީ ދައުލަތުން ދިން މި ހަމަލާގެ ސަބަބުން ޕާކިސްތާން ސަފީރުގެ ގެކޮޅާއި އެމްބަސީ ހިމެނޭ ސަރަހައްދަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވެއެވެ. މި ހަމަލާގައި ސަފީރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ގޮވުމުގެ ބާރުގަދަކަމުން އެމްބަސީ ކޮމްޕައުންޑާއި ކައިރީގައި ހުރި އިމާރާތްތައް ވަނީ ގުޑައިގެން ގޮސްފައެވެ.

މި ހާދިސާ ހިނގާފައި މިވަނީ މެދުއިރުމަތީގައި އެމެރިކާއާއި އިސްރާއީލުން ހިންގާ ޓެެރަރިސްޓް ހަމަލާތަކާއެކު އެމެރިކާ އާއި އިރާނާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ވާހަކަދެއްކުމުގެ މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޕާކިސްތާނުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައިވެސް މެއެވެ.

ހިއްސާ ކުރައްވާ!