ޔަހޫދީ ޖެނޮސައިޑް މޭސްތިރި ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި، އީރާނުގެ ވެރިކަން ބަދަލުކުރުމުގެ ފުރުސަތުތަކާ މެދު އޭނާ މާބޮޑަށް އުންމީދު ރެއްވީ ކަމަށް ތުހުމަތުކުރައްވައި ހަރުކަށި އިބާރާތުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް، ވާހަކަ ދައްކަވައިފިއެވެ.
ނައިބު ރައީސް މިދިޔަ ހޯމަ ދުވަހު އިސްރާއީލުގެ ލީޑަރަށް ވިދާޅުވީ، ހަނގުރާމައާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕަށް އޭނާ ދިން ގިނަ އުންމީދުތަކެއް ހަގީގަތަކަށް ނުވެ ކާރިސާއަކަށް ބަދަލު ވެފައިވާ ކަމަށެވެ.

އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަކޮށްލި ނަމަވެސް، އީރާންގެ ބާރުތައް ވަރުގަދަކޮށްފައި ވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ގައުމުގެ ވެރިކަމުގެ ނިޒާމު އަދިވެސް އޮތީ ވަރަށް ސާބިތުކަމާއެކުގައި ކަމަށްވެސް ވިދާޅުވިއެވެ.
"އެކްސިއޯސް" ވެބްސައިޓަށް މައުލޫމާތު ދިން މަސްދަރަކުން ބުނި ގޮތުގައި: "ހަނގުރާމައިގެ ކުރިން ނަތަންޔާހޫ ރައީސަށް ވިސްނައިދެއްވީ އެއީ ކުރަން ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައެވެ. އަދި ވެރިކަން ބަދަލުވުމުގެ ފުރުސަތު އޮތް މިންވަރަށް ވުރެ ބޮޑަށް އެކަމުގެ ދަޅަ އޭނާ ދެއްލިއެވެ. ނައިބު ރައީސަށް މި ވާހަކަތަކުގެ ބައެއް މައުލޫމާތު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ."
އީރާނާއެކު ހަނގުރާމައަކަށް ނުދިއުމަށް ޓްރަމްޕަށް ލަފާދެއްވި ކަމަށް ބުނާ ވެންސްއާ، ރައީސް ޓްރަމްޕް ވަނީ މި ހާރުގެ އެމެރިކާއަށް ގެއްލުން ބޮޑު ހާލަތު ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވުމަށް ހަވާލުކުރައްވާފައެވެ.
ވެންސް، ނަތަންޔާހޫއާ ފޯނުން ވާހަކަދެއްކެވިތާ އެއްދުވަސް ފަހުން، ރިޕަބްލިކަން ޕާޓީގެ ޑޯނަރެއް ކަމަށްވާ ޔަހޫދީ އަންހެން މަހުޖަނު މިރިއަމް އެޑެލްސަންގެ މިލްކިއްޔާތުގައި އޮންނަ އިސްރާއީލުގެ ކަނާތު ފިޔައިގެ މީޑިއާއަކުން ރިޕޯޓްކުރި ގޮތުގައި، ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނާ ދެކޮޅަށް އިސްރާއީލުގެ ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅިގެން ނައިބު ރައީސް ވަނީ ނަތަންޔާހޫއާ ދިމާލަށް ހަޅޭއްލަވައިފައެވެ.





