އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވަނީ ނިމުމެއް ނެތް ހަނގުރާމައިން ދުރުހެލިވެ، މަޝްވަރާގެ މޭޒުން ހައްލެއް ހޯއްދެވުމަށް ބޭނުންފުޅުވާކަން އޭނާގެ އެހީތެރިންނަށް އަންގަވައި އެކަމަށް މަސައްކަތް ކުރއެއްވުމަށް އިރުޝާދު ދެއްވާފައި ކަމަށް ރޮއިޓާސްއިން ބުނެއެވެ. ރޮއިޓާސްއިން މި ކަން ރިޕޯޓުކޮށްފައި ވަނީ ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ އެވެ.

ވައިޓް ހައުސްގެ މަސްދަރުތަކުން ބުނެފައިވާ ގޮތުގައި، ޓްރަމްޕް ވަނީ އީރާއެކު ކުރިއަށްދާ ކުރިމަތިލުންތަކުގެ މުއްދަތު 4 ހަފްތާއާއި 6 ހަފްތާއާ ދެމެދުގެ މުއްދަތަކަށް ބޭއްވުމަށް ބާރުއަޅުއްވާފައެވެ. އދި އެއަށް ވުރެން މުއްދަތު ދިގު ނުކުޜާން އޭނާގެ އެހީތެރިންނަށް އިރުޝާދު ދެއްވާފައެވެ. މީގެ އިތުރުން، އީރާނާއެކު ކުރެވޭ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އަސްކަރީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.
"ޓްރަމްޕް ހުންނެވީ އީރާނުގެ އަޑު އެއްސެވުމަށް ތައްޔާރަށް، ނަމަވެސް އެކަން ނާކާމިޔާބުވެއްޖެ ނަމަ ކުރިއަށްވުރެ މާ ވަރުގަދަ ހަމަލާތަކެއް އެ ގައުމަށް އަމާޒުވާނެ،" އޮފިޝަލުން ވިދާޅުވިއެވެ. އީރާނާ ދެކޮޅަށް ހިންގާ ކެމްޕޭން ނިމުމަކަށް އަންނާނީ އެމެރިކާގެ މަގްސަދުތައް ހާސިލްވެއްޖެ ކަމަށް ޓްރަމްޕް ކަނޑައެޅުއްވުމުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މި މައްސަލައިގައި ޓްރަމްޕް އިތުރަށް ސާފުކޮށް ދެއްވާފައި ވަނީ، އެއްގަމު މަގުން ސިފައިން ފޮނުވުމުގެ ވިސްނުމެއް މިވަގުތު އޭނާގެ ނެތް ނަމަވެސް، ހުރިހާ އިޚްތިޔާރުތަކެއް މޭޒުމަތީގައި އެބަހުރި ކަމަށެވެ.
އީރާނުން ޓްރަމްޕް ސިފަ ކުރަނީ ދޮގު ހަދާ ފާސިގެއްގެ ގޮތުގައެވެ. އަދި އޭނާގެ ވާހަކައަށް މާ ބޮޑު ބުރަދަނެއް ނުދޭ ކަމަށް ތެހެރާނުން ބުނެއެވެ.







