އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށް އޮތް އެއްވެސް މަޝްވަރާއެއްގައި ޖާމިނުވާނެ ގަރަންޓީ ދޭނެ ފަރާތެއްގެ ގޮތުގައި ޗައިނާ ބެލެވެއެވެ. ޕާކިސްތާނުން އިސް ދައުރެއް އަދާކޮށްގެން އެކަށީގެންވާ ހައްލެއް ހޯދުމަށް ކުރާ ޑިޕްލޮމެޓިކް މަސައްކަތްތައް ވަނީ ވަރުގަދަވެފައެވެ.
އެމެރިކާއާއެކު ވެވޭ އެއްވެސް އެއްބަސްވުމެއްގައި އީރާނުން ބޭނުންވަނީ ޔަގީންކަމެވެ. އީރާނުން އެމެރިކާގެެ ޣަދަރުވެރިކަން ތަޖުރިބާ ވުމުން އެމެރިކާ ދޭ ގެރެންޓީއަކަށް އިތުބާރެއ ްނުކުރެއެވެ.
ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު އިސްހާގު ދާރު ޗައިނާ ޖާމިނު ކުރުމަށް މަޝްވަރާކުރެއްވުމަށް ވޮޝިންޓަނަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރައްވަފާނެ ދަތުރުފުޅެއްގެ ކުރިން ހަނގުރާމަ ހުއްޓާލުމަށް ބެއިޖިންގްއިން ބޭނުން ވެއެވެ. އަދި މި ދަތުރު އޮންނާނެ ކަމަށް ބެލެވެނީ މެއި މަހު އެވެ.
އެމެރިކާއާއި ޔަހުދީން ފެށި އޮލީބީ ސަހުޔޫނީ ހަނގުރާމައިގެ އަސަރު މުޅި މެދުއިރުމައްޗަށް ވަނީ ފޯރާފައެވެ. މި ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ވެސް ދަނީ އެންމެނަށް ލިބެމުންނެވެ.
ހަމަލާތައް ފެށުނީއްސުރެ ހުރުމުޒު ކަނޑުއޮޅިން ތެލާއި ގޭސް އުފުލުން ވަހީ ހުއްޓިފައެވެ.




