އީރާނަށް އަރައިގަންނަ ކޮންމެ ފަރާތެއްގެ "ފައި ބުރިކޮށްލާނެ" ކަމުގެ އިންޒާރު ދީފި

އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ޚާތަމުލްއަންބިޔާ ހެޑްކުއާޓާރޒްގެ ތަރުޖަމާނު އިބްރާހީމް ޒުލްފަގާރީ، ވަނީ، ބޭރުގެ އުދުވާނީ ބާރުތަކަށް ވަރުގަދަ އިންޒާރެއް ދެއްވައިފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާ، ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނަށް އަރައިގަންނަން މަސައްކަތްކުރާ ކޮންމެ "އުދުވާނީ ބާރެއްގެ ފައި ބުރިކޮށްލާނެ" ކަމަށް އޭނާ ވަނީ އިންޒާރު ދެްއވާފައެވެ.

ޕްރެސް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ އެއްގަމު ސިފައިން އީރާނަށް އަރައިގެންފި ހާލަތެއްގައި، ރަޝިޔާގެ ޗެޗަން ޔުނިޓްތަކުން އީރާނަށް އެހީތެރިވުމަށް ތައްޔާރަށް ތިބި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މި އިންޒާރުތައް އައިސްފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ކުރިއަށް ގެންދިޔަ ޓެރަރިސްޓް އަމަލުތައް ނިންމުމަކަށް ގެނައުމަށް ވިސްނަވަމުންދާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ރިޕޯޓްގައިވާ ގޮތުން، ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައި އޮތް ނަމަވެސް، ކުރިއަށް އޮތް ހަތަރެއް ނުވަތަ ހަ ހަފުތާގެ ތެރޭގައި ޓެރަރިސްޓް ހަމަލަތައް ހުއްޓާލުމަށް ޓްރަމްޕް ހުންނެވީ ތައްޔާރަށެވެ. މި ނިންމުމުގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުގެ މަގުތަކުގެ ކޮންޓްރޯލް އީރާނަށް ލިބިގެންދާނެ އެވެ. އަދި މިއިން ހަނގުރާމައިގައި އީރާނަށް ކާމިޔާބު ލިބުނީ ކަމަށް ބެލެވޭނެއެވެ.

އީރާނުން ވަނީ މެދުއިރުމަތީގައި ތިބި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ނުކުޅައްދާފައެވެ.

ހިއްސާ ކުރައްވާ!