ސޮލީބީ ސަހުޔޫނީ ޓެރަރިސްޓް ހަމަލަތަކެއް ފެށި، އެމެރިކާގެ ޓްރަމްޕް ރައީސް ވިދާޅުވަނީ އެއްބަސްވުމެއް އޮތަސް ނެތަސް އެމެރިކާއިން ހަމަލަ ދިނުމާއި ހަނގުރާމަ ހުއްޓާލާނެ ކަމަށެވެ.
މިއީ ޖޯކަރު ޓްރަމްޕް މީގެ ކުރިން ދައްކާފައިވާ ވާހަކަތަކާ ދިމާ ފުށު އަރާ ވާހަކައެއް ކަަމށް މީޑިއާ ބުނެއެވެ!

ޓްރަމްޕް ވިދާޅުވެފައި ވަނީ:
- މާރިޗު 2 ގައި: ޓްރަމްޕް އޭބީސީ ނިއުސްއަށް މިއީ "ފުރިހަމަ ކާމިޔާބީއެއް" ކަމަށް ބުނެ، "މިއީ އަހަރެން ނޫން އެހެން މީހަކަށް ކުރެވޭނެ ކަމެއް ނޫން" ކަމަށް ބުންޏެވެ.
- މާރިޗު 9 ގައި: އޭނާ އިޢުލާނުކުރި ގޮތުގައި ހަނގުރާމަ "ވަރަށް އަވަހަށް" ނިމޭނެއެވެ. އަދި އީރާން "އެއްކޮށް ނެތިގޮސްފި" ކަމަށް ބުންޏެވެ.
- މާރިޗު 11 ގައި: "އެމެރިކާއިން ވަނީ އީރާން މުޅިންހެން ސުންނާފަތި ކޮށްލާފައި." އެއަށްފަހު ބޮޑާކަމާއެކު ބުންޏެވެ: "އަހަރެމެން ބޭނުމެއް ނޫން މާ އަވަހަށް ފައިބާކަށް؟" ޓްރަމްޕް ބުންޏެވެ. "އަހަރެމެން މި މަސައްކަތް ނިންމަންޖެހޭ… އަހަރެމެން ބޭނުމެއް ނޫން ކޮންމެ ދެ އަހަރަކުން އެނބުރި އަންނާކަށް."
- މާރިޗު 14 ގައި: އަނެއްކާވެސް "އަހަރެމެން މިހާރު ވާނީ އީރާނުގެ އަސްކަރީ ގާބިލުކަމުގެ 100 އިންސައްތަ ނައްތާލާފައި."
- މާރިޗު 20: ތެހެރާން އޮތީ ވަރަށް ބޮޑަށް މާޔޫސްވެފައި. ޓްރޫތް ސޯޝަލްގައި ކުރި ޕޯސްޓެއްގައި، އީރާނުގެ މަސްއޫލުވެރިންނަކީ "ވަރަށް ތަފާތު އަދި 'އާދަޔާ ޚިލާފު'" ބައެއްގެ ގޮތުގައި ސިފަކޮށް، އެމީހުން "އަސްކަރީ ގޮތުން ފުނޑާލާފައިވާ" ކަމަށާއި، "އަނބުރާ އައުމުގެ އެއްވެސް ފުރުސަތެއް ނެތް" ކަމަށާއި، އަދި އެމީހުން "އެއްބަސްވުމެއް ހެދުމަށް އެދި އެމެރިކާ ގާތު އާދޭސްކުރަމުންދާ" ކަމަށް ބުންޏެވެ.
- މާރިޗު 24: ޓްރަމްޕް ނޫސްވެރިން ގާތު ސީދާ ބުންޏެވެ: "އަހަރެމެން މި ހަނގުރާމައިން މޮޅުވެއްޖެ. މި ހަނގުރާމަ މިވަނީ ކާމިޔާބުވެފައި."
މިސޮރުގެ ހާލަތުވެސް ހަމަ ފިރުއައުނަށް ވުރެން ވަކި ދެރައެއް ނޫނެވެ!







