އީރާނާ ދެކޮޅަށް ފަށާފައިވާ ސޮލީބީ ސަހުޔޫނީ ޓެެރަރިސްޓް ހަމަލާތަކުގެ ސަބަބުން އިންޑިއާގެ އާބާދީ ކޮންޓްރޯލުން ނެއްޓިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.
ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން ހުރުމުޒު ކަނޑުއޮޅި ބަންދުވެފައި ވުމުގެ ސަބަބުން އިންޑިއާގެ އާބާދީ ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ކޮންޑަމް ލިބުމަށް ދަތިތަކެއް ދިމާވެފައި ވެއެވެ.

އިންޑިއާއަކީ އަހަރަކު 4 ބިލިއަނަށްވުރެ ގިނަ ކޮންޑަމް އުފައްދާ ގައުމެކެވެ. އެގައުމަށް ސުންނީ އުރަ ކަމަށްވާ ކޮންޑަމް އުފެއްދުމަށް ބޭނުންވާ މުހިންމު ރޯ މެޓީރިއަލް އަންނަނީ އަރަބި ގަލްފްގެ ގައުމުތަކުންނެވެ.
ކޮންޑަމް އުފެއްދުމުގައި ބޭނުންކުރާ 'އެންހައިޑްރަސް އެމޯނިއާ' އަކީ އިންޑިއާއަށް ސައުދީ އަރަބިއްޔާ، ގަތަރު އަދި އޮމާނުން އެތެރެކުރާ ތަކެއްޗެވެ. މީގެ އިތުރުން، ކޮންޑަމްގައި ބޭނުންކުރާ 'ސިލިކޯން އޮއިލް' ވެސް ވަނީ ތަދު އެއްޗަޖކަށް ވެފައެވެ. އިންޑިއާއަށް ބޭނުންވާ 'އެންހައިޑްރަސް އެމޯނިއާ' ގެ 86 އިންސައްތަ އެތެރެކުރަނީ މި ގައުމުތަކުންނެވެ.
އިންޑިއާގައި ކޮންޑަމްގެ ވިޔަފާރިއަކީ، 1.7 ބިލިއަން ޑޮލަރުގެ އަގުހުރި ސިނާއަތެކެވެ.
އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކަނޑުގެ ދަތުރުފަތުރަށް ހުރަސް އެޅުމާއި، އިންޝުއަރެންސްގެ އަގު ބޮޑުވުމުގެ ސަބަބުން މި ތަކެތި އުފެއްދުމަށް ބޭނުންވާ މާއްދާތަކުގެ އަގުވެސް ވަނީ 40 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައެވެ. މީގެ ސަބަބުން އިންޑިއާގެ ސުންނީ އުރަ އުފައްދާ އެޗް.އެލް.އެލް ލައިފްކެއާ، މޭންކައިންޑް ފާމާ، އަދި ކިއުޕިޑް ލިމިޓެޑް ފަދަ ބޮޑެތި ކުންފުނިތަކުގެ އުފެއްދުންތެރިކަން ވަނީ މަޑުޖެހިފައެވެ.
ކޮންޑަމް އުފެއދުމަށް ބޭނުންކުރާ ރޯމެޓީރިއަލް ލިބުމުގެ ދަތިކަމާއެކު ކޮންޑަމް ބަންދު ކުރަން ބޭނުން ކުރާ އެލުމިނިއަމް ފޮއިލް އާއި ޕީ.ވީ.ސީ ފަދަ ތަކެތީގެ އަގު ވެސް މިހާރު ވަނީ ބޮޑު ވެފައެވެ.
ޓްރަމްޕާއި ނަތަންޔާހޫ ވަނީ މުޅި ދުނިޔެ ފަސާދަކޮށް އިގްތިސާދު ގަނޑުބަޑުކޮށްލާފައެވެ.




