ކައްޒާބު ކޮލިން ޕަވަލް އޮޅުވާލައިގެން އިރާގުގައި ބޮޑެތި ގެއްލުންދޭ ހަތިޔާރު ހުރިކަމަށ ްބުނެ އިރާގަށް އަރައިގަތުމަށް ވާހަކަ ދައްކަނީ. އިރާގަށް ދިން ސޮލީބީ ހަނގުރާމައަށްފަހު މިހާތަނަށް އެފަދަ ހަތިޔާރެއް ފެނިފައި ނެތް
ކައްޒާބު ކޮލިން ޕަވަލް އޮޅުވާލައިގެން އިރާގުގައި ބޮޑެތި ގެއްލުންދޭ ހަތިޔާރު ހުރިކަމަށ ްބުނެ އިރާގަށް އަރައިގަތުމަށް ވާހަކަ ދައްކަނީ. އިރާގަށް ދިން ސޮލީބީ ހަނގުރާމައަށްފަހު މިހާތަނަށް އެފަދަ ހަތިޔާރެއް ފެނިފައި ނެތް

ޓްރަމްޕް ބޭނުން ވަނީ ނޭޓޯ ރޫޅާލަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަނީ އެމެރިކާ އިސްވެ އުފައްދާފައިޥާ ނޭޓޯގެ އަސްކަރީ އިއްތިހާދުން އެމެރިކާ ވަކި ކުރާށެވެ. ޓްރަމްޕަކީ ބިނާ ކުރުމަށް ވުރެން ބޮޑަށް ފަސާދަ ކުރުމާއި ހަލާކު ކުރުމުގެ ވިސްނުމުގެ ބޭފުޅެކެވެ.

'ދަ ޓެލެގްރާފް' އަދި 'ރޮއިޓާސް' އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާ ނޭޓޯއިން ވަކިކުރުމާ މެދު "ޝައްކެއް ނެތް މިންވަރަށް" ވިސްނަވަމުންދާ ކަމަށެވެ.

ޓްރަމްޕް ވަނީ ނޭޓޯއަކީ "ކަރުދާސް މިނިކާވަގަކާ" އެއްފަދަ ޖަމާއަތެއްގެ ގޮތުގައި ސިފަކުރައްވައި، އީރާނާއެކު މިހާރު ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާއަށް އެއްބާރުލުން ދިނުމަށް އެ އިއްތިހާދުގެ މެންބަރު ގައުމުތައް ނުކުޅެދިފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.


ޓްރަމްޕް އިތުރަށް ވިދާޅުވީ، ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށްޓަކައި އަސްކަރީ ވަސީލަތްތައް ބޭނުންކުރުމަށް އިއްތިހާދުގެ ބައިވެރިން ފަސްޖެހެމުންދާ ކަމަށާއި، އެ ގައުމުތަކުން ބަރޯސާ ވަނީ ހަމައެކަނި އަމިއްލަ އެދުމުގެ މައްޗަށް ކަމަށެވެ.

މީގެ އިތުރުން، އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރަށް އަމާޒުކުރައްވައި، އިނގިރޭސިވިލާތުގެ ކަނޑުގެ އަސްކަރީ ގާބިލުކަމަށް މަލާމާތް ކުރައްވަމުން، އީރާނުގެ މައްސަލައިގައި ސްޓާމަރު ގެންގުޅުއްވާ ސިޔާސަތަށް ޓްރަމްޕް ވަނީ ފާޑުވިދާޅުވެފައެވެ.

ޓްރަމްޕްގެ ރޮދި ކެނޑިފައިވާ ވިސްނުމަށް ނޭޓޯގެ މެންބަރު ގައުމުތަކުން ވަނީ ކަންބޮޑުވުމާއި ހައިރާންކަން ފާޅުކޮށްފައެވެ. އެ ގައުމުތަކުން ފާހަގަކުރި ގޮތުގައި، އެކަކު އަނެކަކަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އަސާސީ އުސޫލުގެ ދަށުން، މީގެ ކުރިން ސެޕްޓެމްބަރު 11 ގެ ހަމަލާއަށްފަހު ވެސް އެމެރިކާއަށް އެ ޖަމާއަތުން ވަނީ ވަރުގަދަ އެއްބާރުލުމެއް ދީފައެވެ.

އިނގިރޭސިވިލާތުން ބުނެފައިވަނީ ނޭޓޯއަކީ ތާރީޚުގައި ވެސް ފެނިފައިވާ އެންމެ ވަރުގަދަ އަދި އެންމެ ނަތީޖާ ނެރޭ އަސްކަރީ އިއްތިހާދު ކަމަށެވެ. ނަމަވެސް ޓްރަމްޕަކީ ވިޔަފާރީގައިވެސް އަދި އަސްކަރީ މުއާމަލާތްތަކުގައިވެސް އަރައިރުންވާ ބަސްމަގު ހުތުރު ޑިޕްލޮމެސީގެ އަދަބެއް ސަދަބެއް ނެތް ލީޑަރެއް ކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.

ހިއްސާ ކުރައްވާ!