އެމެރިކާގެ ސޮލީބީ ވެރިންގެ ޖާހިލު ކަމަށް އީރާނުން ޖޯކު ޖަހަނީ

އެމެރިކާގެ ސޮލީބީ ދިފާއީ ވަޒީރު ހެގްސެތު އެކްސްގައި އީރާނާ ދިމާއަށް ބުނަނީ އީރާން ހަލާކުކޮށްލައި ބޯދާ ޒަމާނުގެ ދިރިއުޅުމަށް އީރާނު ވައްޓާލާނެ ކަމަށެވެ.

ހެގްސެތަކީ ރަސްމީ ތައުލީމެއް ލިބިފައި ނުވާ ތާރީޚުގެ ހާދިސާތައް ނުދަންނަ ޖާހިލެކެވެ.

އޭނާއަށް ރައްދު ދެމުން ދެކުނު އެފްރިކާގައި ހުންނަ އީރާން އެމްބަސީން އެކްސްގައި ޕޯސްޓު ކުރަމުން ބުނީ:

ކަލޯގެއާއެވެ! އީރާނު މީހުން ބޯދާ ޒަމާނަށް ފޮނުވާލާ ވާހަކަ ހެއްޔެވެ؟
ކަލޯމެން ހޮހޮޅައިގައި އަލިފާން ހޯދަން ހޭބޯނާރާ އުޅުނުއިރު އަހަރަމެން ތިބީ ސައިރަސް ރަސްގެފާނުގެ ބިނާ ކުރެއްވި ބެރީގައި އިންސާނީ ހައްގުތައް ލިސްޓުކުރުގައި މަޝްޣޫލު ވެގެންނެވެ!
އިސްކަންދަރުގެ ހަމަލަތަކާ ދެކޮޅަށްވެސް އަހަރަމެން ސާބިތުކޮށް ތިބީމުއެވެ.
މޮޣޮލް ފައުޖުތައް އަރައިގެން އައިއިރުވެސް އަހަރަމެން  ސާބިތުކަމާއެކު ތިބީމުއެވެ.
ކަލޯއަށް އެނގޭ ހެއްޔެވެ؟
އީރާނަކީ ހަމައެކަނި ގައުމެއް ނޫނެވެ!
އީރާނަކީ ހަޟާރާއެކެވެ!

ހިއްސާ ކުރައްވާ!