އެމެރިކާއާއި އިސްރާއީލުގެ ސޮލީބީ ސަހުޔޫނީ ޓެރަރިސްޓް ހަމަލާތަކާ ދެކޮޅަށް އީރާނުން ފަށާފައިވާ ރައްދު ދިފާއީ ހަމަލާތަކުގައި އީރާނުން ވަނީ، އެ ދެ ގައުމުގެ އަސްކަރީ 7 އެއާބޭސްއަކަށާއި ޓެކްނޮލޮޖީ ކުންފުންޏަކަށް އަމާޒުކޮށް ކާމިޔާބު ހަމަލާތަކެއް ދީފައި ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ އިންގިލާބީ ސިފައިން (އައި.އާރް.ޖީ.ސީ) އިން ހާމަކުރި ގޮތުގައި، ވަޢުދުއް ޞާދިޤު 4 ގެ 90 ވަނަ ރާޅުގެ ދަށުން ދިން ހަމަލާތަކުގައި ސަރަހައްދުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ ވައިގެ ސިފައިންގެ ހަތް މަރުކަޒަކަށް ވަނީ އަމާޒުކޮށްފައެވެ.
މީގެ އިތުރުން، ބަހްރޭންގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ކުންފުނި އެމެޒޮންގެ ކްލައުޑް ކޮމްޕިއުޓިން ސެންޓަރަށް ވެސް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެއެވެ. މިއީ އީރާނާ ދެކޮޅަށް ހަމަލަ ދިނުމުގެ މަސައްކަތް ވިލަރެސް ކުރުމުގައި ބައިވެރިވާ ފަރާތެކެވެ. މި ހަމަލާއާ ގުޅިގެން އެމެޒޮން ކުންފުނިން މިހާރު ވަނީ ބަހުރައިން ދޫކޮށް ދިއުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.
އައި.އާރް.ޖީ.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ހަނގުރާމައިގެ މައިދާނުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން، އެމެރިކާއާއި އިސްރާއީލުން މިހާރު މަސައްކަތް ކުރަނީ ސީދާ ކުރިމަތިލުންތަކުގެ ބަދަލުގައި ވަކިވަކި އަމާޒުތަކަށް ހަމަލާދީ ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް" ކަމަށެވެ. އަދި އީރާނާ ދެކޮޅަށް ހިންގާ ޓެރަރިސްޓް ހަރަކާތްތައް ހުއްޓާނުލައިފިނަމަ، އިތުރު ކުންފުނިތަކާއި އަމާޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް އިންގިލާބީ ސިފައިން ވަނީ ދީފައެވެ.
އީރާނުގެ އޮފިޝަލުން މި ހުރިހާ ކަމެއްގެ ޒިންމާ އަޅުވަނީ އެމެރިކާގެ ސޮލީބީ ރައީސްގެ އިސްތަށިފުޅުގައެވެ.
އީރާނުން ބުނާ ގޮތުގައި ޓްރަމްޕަކީ އެމެމެރިކާގެ ވެރިކަމަށް އެންމެ ފައްކާ މޮޔަ ރައީސެވެ. އޭނާ ވަނީ އެމެރިކާ އިނދެ ޖައްސާލައި އިސްރާއީލު ވުޖޫދުން ފޮހެލުމުގެ މަސައްކަތް ކާމިޔާބު ކޮށްދިނުމުގައި އީރާނަށް މުހިންމު ދައުރެއް އަދާކޮށްދީފައެވެ.








