ޝަހުވާނީ އެދުންވެރިކަމަށް ވުރެން ބުއްދި އިސްކުރުމަށް އީރާނުން ޓްރަމްޕަށް ގޮވާލައިފި

ސޮލީބީ ސަހުޔޫނީ ހަނގުރާމައެއް ފެށުމުން މަގްބޫލުކަން ގެއްލި އޮފް ކެނޑެމުންދާ އެމެެރިކާގެ ތްރަމްޕް ރައީސް ބުނަނީ އޭނާގެ އޮފު ކެނޑުމަށް މެދުވެރިވާ ސަބަބަކީ އޭނާގެ އޮފީހުގެ ތަރުޖަމާނަށް ހެދޭ ގޯސްތައް ކަމަށެވެ. ވައިޓް ހައުސްގެ ތަރުޖަމާން ކެރޮލިން ލީވިޓަށް މަގާމު ދީފައި ވަނީ އެ ޒުވާން އަންހެނާގެ ހުނަރަށް ވުރެން ބޮޑަށް އޭނާގެ ޖިންސާއި ސިފައަށް ބަލައިގެން ކަމަށްވެސް ބުނެއެވެ. އެހެން ބުނާ ފަރާތްތަކުން އެހެން ބުނަނީ އެމެރިކާގެ ރައީސްގެ މާޒީއާ ގުޅިފައިވާ ޕޯން ސްޓާރަކު ރޭޕް ކުރި ޝަރީއަތާއި 30 އަށް ވުރެން ގިނަ އަންގެނުން ރޭޕްކުރިކަން ސާބިތުވާ ނިއުޔޯކުގެ ޝަރީއަތުގެ މައްސަލައާ ހެދިއެވެ.

ޓްރަމްޕްގެ ތަރުޖަމާން ނުބައި މީސް ކޮށް ވާހަކަ ދެއްކުމުން އީރާނު މީޑިއާއިން ބުނެފައި ވަނީ ކަމަށް އެކަށީގެންވާ ގާބިލު ކިޔަވައިގެން ތިބި މީހުން މަގާމުތަކަށް ލާނަމަ އެފަދަ މައްސަލައެއް ދިމާ ނުވާނެ ކަމަށެވެ. އީރާނުން ވަނީ އީރާން ސިފައިންގެ ތަރުޖުމާން ސައްޔިދު އިބްރާހީމް ޒުލްފިގާރީ ނަމޫނާއަކަށް ދައްކައި އެފަދަ މީހުން ޓްރަމްޕަށް ނުލިބެނީ ކީއްވެތޯ ސުއާލުކޮށްފައެވެ. އަދި ޝަހުވާނީ އެދުންވެރިކަމަށް ވުރެން ބުއްދި އިސްކުރުމަށްވެސް ކަހްޔާންގެ އެޑިޓޯރިއަލްގައި ޓްރަމްޕަށް ގޮވާލާފައި ވެއެވެ.

އީރާނު މީޑިއާއިން ބުނެފައި ވަނީ އީރާންގެ އަސްކަރީ ތަރުޖަމާން ޒުލްފިގރީއަކީ:

🔸 ހިސާބު އިލްމުން ފުރަތަމަ ޑިގްރީ
🔸 ހިސާބު އިލްމުން މާސްޓާސް ޑިގްރީ
🔸 ހުޅަނގުގެ ފަލްސަފާއިން ޕީއެޗްޑީ
🔸 ފާރިސީ، އިނގިރޭސި، އަރަބި އަދި އިބްރާނީގެ ހަތަރު ބަހަކަށް ފަރިތަ:

އޭގެ އިތުރުން، ހަނގުރާމައިގެ މައިދާނުގައި އަމަލީ ތަޖުރިބާލިބިފައިވާ، އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ނަޒާހަތްތެރި ބޭފުޅެއް ކަމަށެވެ.

ކަހްޔާނުން ބުނެފައި ވަނީ ޖާހިލުންނަށް ދުވަހަކުވެސް އެއްޗެއް ނުވިސްނޭނެ ކަމަށެވެ. އަދި ސޮލީބީ ސަހުޔޫނީ ފިކުރުގައި ބަކަތަޅާ މީހުން ދިރިއުޅެނީ ހަމައެކަނި ވަހުމީ ފިކުރުތަކާއި ބަލިކަށި އެދުންތަކުގެ މަތީގައި ކަމަށް ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!