ޓްރަމްޕްގެ ތަންދޮރު ކުޑަވުމުން: އެމެރިކާ އާއި ސައުދީ އަރަބިއްޔާގެ ގުޅުމަށް ބޮޑު ލޮޅުމެއް

އެމެރިކާ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް 70 އަހަރުވީ ގާތް ގުޅުމަށް ބޮޑު ބުރޫއަރައިފައި ވަނީ ޓްރަމްގެ ކިބުރުވެރިކަމާއި ބޮޑާކަމުންނެވެ. ޓްރަމްޕްގެ ބާޒާރުމަތީ އަދަބާ ޚިލާފް ބަސްމަގާއި ސައުދީ ދައުލަތަށް އިހާނެތިކޮށް ހިތުމުން ދެ ގައުމުގެ ގުޅުން ކާރިސީ ހާލަތަކަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސައޫދީ އަރަބިއްޔާއިން އެމެރިކާއާ ދެކޭ ގޮތަށް ބަދަލުތައް އައީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ހުތުރުވާ ގޮތަށް ޓްރަމްޕް ބޭއަދަބީ ބަސްމަގު ބޭނުން ކުރުމުންނެވެ.

ސައޫދީން ވަނީ ވޮޝިންގޓަނަށް އެއްވެސް އެންގުމަކާ ނުލައި ޔޫކްރެއިނާއެކު ދިފާއީ އެއްބަސްވުމެއްގައި ވެސް ސޮއި ކޮށްފައެވެ.

އެކަމާ ގުޅިެގން ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާގެ ޚާރިޖހީ ވަޒީރު މާކޯ ރޫބިއޯ، ވަނީ ސައޫދީ ވަލީއަހުދަށް ފޯނުން ގުޅުއްވައި ޔުކްރެއިންއާ އެކު އެއްބަސްވުމުގައި ސޮއި ކުރެއްވީތީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. މި ފޯނު ކޯލުގައި ވަލީއަހުދު ވަނީ ކެތްތެރިަކމާއެކު ރޫބިއޯގެ ވާހަކަތައް އައްސަވާފައެވެ. އަދި އޭނާ ނިމިވަޑައިގަތުމުން ވަލީ އަހުދު ވަނީ ކުރުކޮށް، ސައޫދީގައި އެމެރިކާ ފެއިލްވެފައިވާ ދާއިރާތަކުގެ ލިސްޓެއް އިއްވަވާފައެވެ. އަދި ސައުދީ އަރަބިއްޔާއިން ދެން އަމަލުކުރާނީ ސައޫދީ ދައުލަތުގެ އަމިއްލަ ގައުމީ މަސްލަހަތު ހިމާޔަތްކުރެވޭނެ ގޮތަށް ކަމަށް ސަރީހަ އިބާރާތުން ރޫބިއޯއަށް އިއްވަވައި ދެއްވާފައެވެ.

އެމެރިކާގެ ސޮލީބީ ރައީސްގެ ތަންދޮރު ކުޑަވެފައިވާ މިންވަރުން އޭނާއަށް އެނގި ވަޑައި ނުގަތީ، ސައޫދީ ވަލީ ޢަހުދަކީ، ދުނިޔޭގެ ތެލުގެ ސަޕްލައިގެ 12 އިންސައްތަ ކޮންޓްރޯލް ކުރައްވާ ފަރާތްކަމެވެ. އަދި އެފަދަ ފަރާތަކަށް އަމާޒުކޮށް ބާޒާރު މަތީ ބަހުރުވައިން މުޚާތަބު ކުރައްވައި ބޭއަދަބީ ބަސްމަގު ބޭނުން ކުރެއްވުމަކީ ޑިޕްލޮމެސީގެ ހަމަތަކާ ޚިލާފް ކަމެއް ކަންވެސް ޓްރަމްޕަށް އެނގެން ޖެހެއެވެ.

ސައުދީގެ އެއްވެސް ފަންތިއަކުން ޓްރަމްޕާ އެއް ފެންވަރަށް ވެއްޓި އޭނާގެ ވާހަކައަށް ރައްދު ދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި ސައުދީން ޑިޕްލޮމެޓިކް އުސޫލުތައް އިސްކޮށް، ހިމޭން ކަމާއެކު ބަދަލުކޮށްލީ މެދުއިރުމަތީގެ ސަލާމަތީ އޮނިގަނޑެވެ. އެ ބަދަލު ހަފްތާއެއްގެ ތެރޭގައި ވަނީ ފެނިގެން ގޮސްފައެވެ.

މި އާ އެއްބަސްވުމާއެކު، ގަލްފް ސަރަހައްދުގައި އެމެރިކާއިން ދަމަހައްޓަމުން އައި ގަލްފްގެ އަރަބި ގައުމުތަކުގައި އޮތް ހަމައެކަނި ބާރުވެރިކަން މިހާރު ދަނީ ނިމުމަކަށެވެ.

އީރާނުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލަދީ ބާދަނގަޑަށް ވެސް ނުކިރެވޭ ވަރަށް އެތަންތަން ހަލާކުކޮށްލާފައެވެ. އެމެރިކާ ސިފައިން މިހާރު ބަނޑަހަ ޖަހައިގެން ތިބީ ހޮޓާތަކާއި ބައެއް ފަޅު އޮފީސްތަކުގައެވެ.

ހިއްސާ ކުރައްވާ!