އެމެރިކާއިން އީރާނުގެ ސަރުކާރު ބަދަލުކުރަން އުޅެގެން ބަދަލުވަނީ އެމެރިކާގެ ސަރުކާރު

އެމެރިކާއަކީ މިހާރު ދުނިޔޭގެ ކުރިމަތީގައި ޖޯކެކެވެ. އެމެރިކާއިން އީރާނުގެ ވެރިކަން ބަދަލު ކުރާނެ ކަމަށް ބުނެ އިންޒާރުދީ ބައިސާ ބުނެ ހެދި ފަހުން ފެންނަނީ އެމެރިކާގެ އަމިއްލަ ސަރުކާރުގެ ތެރޭން ބަދަލުތައް އަންނަމުންދާ ތަނެވެ. އެމެރިކާ ސަރުކާރަށް ބޮޑެތި ލޮޅުންތަކެއް އަރައި، ސޮލީބީ ޓްރަމްޕްގެ ސަރުކާރުގެ އިސް މަގާމުތަކަށް ބަދަލު އަންނަން ފަށައިފިއެވެ. މިއަދުވެސް ފެނިގެން ދިޔަ މަންޒަރަކީ ގާތްގަނޑަކަށް އަސްކަރީ ބަޣާވާތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

އެމެރިކާ ސަރުކާރަށް އައި ބަދަލުތަކުގެ ތެރެއިން އެމެރިކާގެ ހޯމް މިނިސްޓަރާއި ބަންޑާރަ ނައިބު ވަނީ މަގާމުން ވަކިކޮށްފައެވެ.

މީގެ އިތުރުން އެމެރިކާގެ ސިފައިންގެ އިސް ޖެނެރަލުންތަކެއް ވެސް ވަނީ މަގާމުން ދުރުކޮށްފައެވެ.

މިއީ އެމެރިކާގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ވަރަށް ބޮޑު ގުޑުމެކެވެ.

ލިބިފައިވާ މީޑިއާ ރިޕޯޓްތަކަށް ބަލާއިރު، އީރާނަށް އެއްގަމު މަގުން އަރައިގަތުމަށް ޓްރަމްޕް ދެއްވި އަމުރުތަކަށް 30 އަށްވުރެ ގިނަ ޖެނެރަލުން ވަނީ އިންކާރު ކުރައްވާފައެވެ.

މިކަމާ ގުޅިގެން މިހާތަނަށް 12 ޖެނެރަލަކު މަގާމުން ވަކިކޮށްފައި ވެއެވެ.  އޭގެ ތެރޭގައި އެމެރިކާގެ ސިފައިންގެ ޗީފް އޮފް ސްޓާފް ވެސް ހިމެނިވަޑައިގަންނަވައެވެ.

ދުނިޔޭގެ މަސްރަހުގައި މިހާރު އެމެރިކާއާއި ޓްރަމްޕް ބެލެވެނީ ޖޯކެއްގެ ގޮތުގައެވެ. މީޑިއާއިން ބުނަމުންދަނީ އެމެރިކާއިން އީރާނުގެ ވެރިކަން ބަދަލުކުރަން އުޅުމުގެ ތެރޭގައި، ޓްރަމްޕާއި ހެގްސެތުގެ އަމިއްލަ ސޯޓު ބޭލި، ސަރުކާރު ބައިބައިވަމުންދާ ކަމަށެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް ސަރުކާރުގެ ތެރޭގައި މިފަދަ ބޮޑު ނުތަނަވަސްކަމެއް އުފެދުނު މަދު ފަހަރުތަކުގެ ތެރެއިން ފަހަރެއް ކަން ފާހަގަ ކުރެއެވެ.

ހިއްސާ ކުރައްވާ!