ނަންހުތުރު އަލްކަޓްރާޒް ޖަލު އަލުން ހުޅުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާ ބަޖެޓްގައި ކޮންގްރެސްއިން 152 މިލިއަން ޑޮލަރަށް އެދިވަޑައިގެންފިއެވެ.
ހުކުރު ދުވަހު ވައިޓް ހައުސްއިން އާންމުކުރި 2027 ވަނަ މާލީ އަހަރުގެ ބަޖެޓް ހުށަހެޅުމުގައި، ބުނެފައި ވަނީ، އަލްކަޓްރާޒް ޖަލަކީ "ޒަމާނީ އަދި ރައްކާތެރި ޖަލެއް"ގެ ގޮތުގައި އަލުން ބިނާކުރުމަށް ފަންޑު ބޭނުންވާ ކަމަށެވެ. މި ފަންޑަކީ އެ މަޝްރޫއުގެ ފުރަތަމަ އަހަރުގެ ހަރަދުތައް ފޫބެއްދުމަށް ބޭނުންވާ ފައިސާއެވެ. މިއީ އެމެރިކާގައި ހުރި "ވީރާނާވަމުންދާ ބަންދުކުރާ ޖަލު ބަންދު މަރުކަޒުތަކަށް" ބޭނުންވާ 1.7 ބިލިއަން ޑޮލަރުގެ ބޮޑު ފަންޑުން ބައެކެވެ.
މިދިޔަ އަހަރުގެ މެއި މަހު ޓްރަމްޕް ވިދާޅުވީ، އަލްކަޓްރާޒް ޖަލު އަލުން ބިނާކޮށް ހުޅުވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައި ވާނޭ ކަމަށެވެ. "ދަ ރޮކް"ގެ ނަމުން މަޝްހޫރުވެފައިވާ އަލްކަޓްރާޒް އަކީ ސެން ފްރެންސިސްކޯ ކަނޑުއޮޅީގައި އޮންނަ، ގަދަ ވަޔާއި ރާޅުތަކުގެ ތެރޭގައި ހިލަގަނޑެއްގެ މަތީގައި އޮންނަ، ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަ ޖަލެކެވެ.
މި ޖަލަކީ އެތަނުން ފިލަން އުނދަގޫ ޖަލެކެވެ. އެއީ އެ ރަށުގެ ވަށައިގެންވާ ކަނޑުގެ ގަދަ އޮއިވަރާއި ޕެސިފިކް ކަނޑުގެ ފިނި ފެނުގެ ސަބަބުން އެ ފެނަށް ފައިބަން މީހުންނަށް ނުކެރޭތީއެވެ. "ދަ ރޮކް"ގެ ނަމުން މަޝްހޫރު މި ޖަލުގައި އެމެރިކާގެ އެންމެ ނުރައްކާތެރި ކުށްވެރިން ބަންދުކޮށްފައިވެއެވެ. އޭގެ ތެރޭގައި މަޝްހޫރު ގޭންގްސްޓަރް އާލް ކަޕޯން ހިމެނެއެވެ.
އެފް.ބީ.އައި އިން ބުނާ ގޮތުގައި އެ ޖަލު ހުޅުވާފައި ހުރި 29 އަހަރުގެ ތެރޭގައި، 14 ފަހަރެއްގެ މަތިން 36 މީހަކު ފިލަން މަސައްކަތް ކޮށްފައި ވެއެވެ. އެ ހުރިހައި އެންމެން އަތުލައިގަނެވުނު ކަމަށާއި އަތުނުވި މީހުން ފިލުމުގެ ތެރޭގައި މަރުވީ ކަމަށް ބުނެއެވެ.
އެމެރިކާ ސަރުކާރުން މި ޖަލު ބަންދު ކުރީ 1963 ވަނަ އަހަރު އެވެ. އެއީ، އެތަން ބާވެ ހަލާކުވުމާއި، ދުރު ރަށެއްގައި ހުރި އެ ވަސީލަތް މަރާމާތުކޮށް ބެލެހެއްޓުމަށް ޚަރަދު ބޮޑުވާތީއެވެ. އެ ރަށަށް ތެލާއި ކާނާ އުފުލުމަށް އުދަގޫ ކަމަށް ބުނެއެވެ. ޓްރަމްޕް މިދިޔަ އަހަރުގެ މެއި މަހު އިއުލާން ކުރެއްވި ގޮތުގައި، އަލްކަޓްރާޒް ޖަލު އަލުން ހުޅުވައި ބޮޑުކުރުމަށް އޭނާގެ ސަރުކާރުން ބޭނުން ވެއެވެ.
"އެމެރިކާ ވަނީ މުޖުތަމައުގެ ނުލަފާ، އަނިޔާވެރި ކުށްވެރިންގެ ސަބަބުން ގިނަ ކަންކަން ތަހައްމަލު ކޮށްފައި. އެމީހުންގެ ފަރާތުން ހިތާމައާއި ވޭން ނޫން އެއްޗެއް ނުލިބޭ. މާޒީގައި އަހަރެމެންނަކީ މިއަށްވުރެ ސީރިއަސް ގައުމެއްގެ ގޮތުގައި އޮތްއިރު، އެންމެ ނުރައްކާތެރި ކުށްވެރިން ޖަލަށްލައި، އެހެން މީހުންނަށް ގެއްލުން ނުދެވޭނެ ތަނެއްގައި އެމީހުން ބޭތިއްބުމަށް ފަހެއް ނުޖެހޭ. ކަންތައް އޮންނަން ޖެހޭނީ އެގޮތަށް." ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް އޮރިޔާން ފިލްމު ކުޅޭ މީހުންނާއި ޅަ އަންހެން ކުދިްނ ރޭޕް ކުރާ މީހުން މި ޖަލަށް ލާން ޓްރަމްޕް ބޭނުމެއް ނުވެއެވެ. ޓްރަމްޕަކީ، އެފަދަ ކަންކަމަށް ތުހުމަތު ކުރެވޭ ފަރާތެކެވެ.
"އެހެންކަމުން، އެމެރިކާގެ އެންމެ ނުރައްކާތެރި އަދި އަނިޔާވެރި ކުށްވެރިން ބޭތިއްބުމަށްޓަކައި، އަލްކަޓްރާޒް ޖަލު ބޮޑުކޮށް އަލުން ބިނާކޮށް ހުޅުވުމަށް، ޖަސްޓިސް ޑިޕާޓްމަންޓާއި، އެފް.ބީ.އައި އަދި ހޯމްލޭންޑް ސެކިއުރިޓީއާ ގުޅިގެން މަސައްކަތް ކުރުމަށް ބިއުރޯ އޮފް ޕްރިޒަންސްއަށް މިއަދު އަމުރުކުރަން. އަލްކަޓްރާޒް އަލުން ހުޅުވުމަކީ ގާނޫނުގެ ސިޔާދަތާއި، ނިޒާމާއި އަދި އިންސާފުގެ ރަމްޒަކަށް ވާނެ." ޑެނިއެލް ސްޓޯމީ ރޭޕްކޮށްގެން ޝަރީއަތް ކޮށްފައިވާ ޓްރަމްޕް ވިދާޅުވިއެވެ.




