ފެބްރުއަރީ މަހު ސޮލީބީ ސަހުޔޫނީ ހަނގުރާމަ ފެށި ފަހުން އެމެރިކާ އާއި އިސްރާއީލުން އީރާނުގެ 30 އަށްވުރެ ގިނަ ޔުނިވަރސިޓީއަށް ބޮން އަޅާފައި ހަލާކުކޮށްފައިވާ ކަމަށް އީރާނުގެ ސައިންސް މިނިސްޓަރު ހުސައިން ސީމާއީ ސައްރާފް ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.
ތެހެރާންގެ އުތުރުގައި ހުންނަ ޝަހީދު ބެހެޝްތީ ޔުނިވަރސިޓީއަށް ސޮލީބީ ސަހުޔޫނީން ހުކުރު ދުވަހު ދިން ހަމަލާއާ ގުޅިގެން އެ ތަނަށް ކުރެއްވި ޒިޔާރަތެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ސައްރާފް ވިދާޅުވީ، "މިއަދާ ހަމައަށް 30 އަށްވުރެ ގިނަ ޔުނިވަރސިޓީއަށް ސީދާ ގޮތުން ސޮލީބީ ހަމަލާ އަމާޒުވެފައިވާ" ކަމަށެވެ.
މި ހަމަލާތަކަކީ އީރާނުގެ ސައިންސާއި ޓްކްނޮލޮޖީގެ ރިސާޗްގެ ދާއިރާއަށް އަމާޒުކޮށް ދޭ ޖހަމަލަތަކެވެ. އެމެރިކާ އަޑީގައި އޮވެގެން ފަލ؛؛ަސްޠީނުގައި ޔަހޫދީން ލައްވައި ހިންގި ގަތުލުއާންމު ގައި ޣައްޒާގެ ހުރިހައި ހަސްފަތާލަކާއި ހުރިހައި ޔުނިވާސިޓީއަކާއި ސްކޫލުތަކަށ ްބޮން އަޅައި ހަލާކުކޮށްފައި ވެއެވެ. މިއީ މި ސޮލީބީ ސަހުޔޫނީ މަލްއޫލުން ރާވައިގެން ހިންގާ ޖަރީމާތަކެވެ. ހުކުރު ދުވަހު ސޮލީބީން ހަމަލާދިން ޝަހީދު ބެހެޝްތީ ޔުނިވަރސިޓީއަކީ އީރާނުގެ އެންމެ މުހިންމު އެއް ތައުލީމީ މަރުކަޒެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްވެސް ހަނގުރާމއިގެ ޖަރީމާތަކަށް ހިތްވަރު ދޭ ކަމަށް އެމެރިކާގެ 100 ގާނޫނީ އިލްމުވެރިން ވަނީ ތުހމަތު ކޮށްފައެވެ.





