އެމެރިކާގެ ފައިޓާ ޖެޓަކަށް އަމާޒުކޮށް އީރާނުގެ އާ އެއާ ޑިފެންސް ސިސްޓަމް ހުކުރު ދުވަހު ބޭނުންކޮށްފައިވާ ކަމަށް އެގައުމުގެ ސިފައިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އީރާނުގެ ޚާތަމުލްއަންބިޔާ ޖޮއިންޓް މިލިޓަރީ ކޮމާންޑުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އާ ސިސްޓަމަކީ އީރާންގެ ވައިގެ ސަރަހައްދު ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭނުންކުރަން ފެށި ވަސީލަތެކެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ޖޮއިންޓް މިލިޓަރީ ކޮމާންޑުގެ ތަރުޖަމާނު ވިދާޅުވީ، އީރާނުގެ ވައިގެ ސަރަހައްދުގެ މައްޗަށް "ފުރިހަމަ ކޮންޓްރޯލް" އީރާނުން ހޯދާނެ ކަމަށެވެ. މިއީ އީރާންގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކުރިއެރުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުން ވަނީ އެމެރިކާގެ އެފް 15 ގެ ބޯޓެއް ވައްޓާލައި ޕައިލެޓް އަސީރުކޮށްފައެވެ.






