އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައި، ހުރުމުޒު ކަނޑުއޮޅި ހުޅުވާލުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އައުމަށް 48 ގަޑިއިރުގެ މުހުލަތެއް ދެއްވައިފިއެވެ. މި މުހުލަތުގެ ތެރޭގައި އެއްބަސްވުމަކަށް ނައިސްފިނަމަ، އީރާނަށް "ނަރަކައިގެ" އަލިފާނާ! ކުރިމަތިލާން ޖެހޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި، މާޗް މަހުގެ 26 ވަނަ ދުވަހު އޭނާ ދެއްވި 10 ދުވަހުގެ މުހުލަތަށް އިޝާރާތް ކުރައްވައި ވިދާޅުވީ، އީރާނަށް ދީފައިވާ ވަގުތު މިހާރު ހަމަވަމުންދާ ކަމަށެވެ. "މިހާރު ބާކީ އޮތީ 48 ގަޑިއިރު، އެއަށްފަހު ހުރިހާ ނަރަކައެއް އެމީހުންގެ މައްޗަށް އޮހިގަންނާނެ،" ބޮޑާ ކަމާއި ކިބުރުވެރިކަމާއެކު ސޮލީބީ ޓްރަމްޕް ލިޔުއްވާފައިވެއެވެ.
މި އިންޒާރަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ހުުރުމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމާ ގުޅިގެން ދެއްވި އިންޒާރެކެވެ.
އީރާނުން ބުނެފައި ވަނީ އީރާނަކީ އެޕްޓީން ގޭންގް މެމްބަރު، ޓްރަމްޕަށް އަދި އަޖުމަ ބެލިފައިނުވާ ހަޟާރަތެއް ކަމަށެވެ. އަދި އީރާނަކީ ޓްރަމްޕް ފަދަ އުމުރު ހަމަނުވާ އަންހެން ކުދިންނާ މައްލަވަ ކުރާ މީހަކަށް ގުޑާނެ ގައުމެއް ނޫން ކަމަށް ބުނެއެވެ.






