us
us

ގާސިމް ސުލައިމާނީގެ އާއިލާގެ ދެ މީހަކު އެމެރިކާއިން ހައްޔަރުކޮށްފި

އީރާނުގެ އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީގެ އާއިލާގެ ދެ މީހަކު އެމެރިކާގެ ފެޑެރަލް އެޖެންޓުން ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ސުލައިމާނީގެ އާއިލާއަށް ނިސްބަތްވާ އަންހެނަކާއި އޭނާގެ ދަރިފުޅެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައްޔަރުކުރި ދެމީހުންނަކީ ހާމިދާ ސުލައިމާނީ އަފްޝާރު އާއި އޭނާގެ ދަރިފުޅު ކަމަށެވެ. މީގެ ކުރިން އެމީހުންނަކީ އެމެރިކާގައި ދާއިމީކޮށް ދިރިއުޅުމުގެ ހުއްދަ ކަމަށްވާ ގްރީން ކާޑު އޮތް ދެމީހުންނެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެމީހުންގެ ގްރީން ކާޑު ބާތިލުކުރެއްވުމާ ގުޅިގެންނެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، "ހާމިދާ ސުލައިމާނީ އަފްޝާރު އާއި އޭނާގެ ދަރިފުޅު މިހާރު ތިބީ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އައިސް ގެ ބެލުމުގެ ދަށުގައި" އެވެ.

ގާސިމް ސުލައިމާނީއަކީ އީރާނުގެ ގުދުސް ފޯސްގެ ކުރީގެ ކޮމާންޑަރެވެ. އޭނާ އަވަހާރަކޮށްލާފައިވަނީ 2020 ވަނަ އަހަރު ސޮލީބީ ޓްރަމްޕްގެ އޯޑަރަށް އެމެރިކާއިން އިރާގުގައި ދިން ވައިގެ ހަމަލާއެއްގައެވެ.

ހިއްސާ ކުރައްވާ!