us
us

އެމެރިކާ ރައީސް އަވަހާރަކޮށެއް ނުލެވުނު

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް ކައިރީގައި އާދީއްތަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ބަޑީގެ ހަމަލާތަކެއް ދީފިއެވެ. ޔޫ.އެސް ސީކްރެޓް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވައިޓް ހައުސްގެ އުތުރުގައި އޮންނަ ލަފަޔަޓް ޕާކް ސަރަހައްދުގައެވެ.

ސީކްރެޓް ސާވިސްގެ ޗީފް އޮފް ކޮމިއުނިކޭޝަންސް އެންތަނީ ގުގްލިއެލްމީ އެކްސްގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ހާދިސާ ހިނގި ސަރަހައްދު ވަރަށް ބޮޑަށް ބަލައި ފާސްކޮށްފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް އެއްވެސް ތުހުމަތުކުރެވޭ މީހަކު ފެނިފައިނުވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ސީކްރެޓް ސާވިސްއިން ދަނީ މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓާއި ޔޫ.އެސް ޕާކް ޕޮލިހާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

މި ހާދިސާ ހިނގި ވަގުތު ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގެ ތެރޭގައި އިންނެވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

"އަޅުގަނޑުމެންގެ ތަހުގީގު މިހާރު ދަނީ ކުރިއަށް،" ގުގްލިއެލްމީ ވިދާޅުވިއެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މިކަމާ ގުޅުންހުރި ކަމަށް ބެލެވޭ މީހަކާއި އޭނާ ދަތުރުކުރި އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ވައިޓް ހައުސްގެ އޮޕަރޭޝަންތައް އާންމު ހާލަތެއްގައި ކުރިއަށް ދިޔަ ނަމަވެސް، މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ހިއްސާ ކުރައްވާ!